"އެއާ ކާގޯ ޗައިނާ"ގައި އެމްއޭސީއެލުން ބައިވެރިވުން، ފޮޓޯ: އެމްއޭސީއެލް

"އެއަރ ކާގޯ ޗައިނާ 2026″ މައުރަޒުގައި އެމްއޭސީއެލްއިން ބައިވެރިވެ، ކާގޯ ކުރިއެރުންތައް ހިއްސާކޮށްފި

ޗައިނާގެ ޝަންހާއީގައި ބޭއްވި "އެއަރ ކާގޯ ޗައިނާ 2026″ މައުރަޒުގައި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަކީ އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ހެދުމަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ހިއްސާކޮށްފިއެވެ. މިއެކްސްޕޯގެ ހަވާސާގައި ދުނިޔޭގެ މަޝްހޫރު އެއަރލައިންތަކާއި ލޮޖިސްޓިކްސް ކުންފުނިތަކާއެކު ބޭއްވި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އޭޝިއާގެ މާކެޓުތަކާ އޮތް ގުޅުން ވަރުގަދަކޮށް، ރާއްޖެއަށް އަންނަ ފްރައިޓަރ ފްލައިޓުތަކާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމާ ގުޅޭގޮތުންނެވެ.

އެމްއޭސީއެލްއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ވީއައިއޭއިން ވަނީ 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ.

ވީއައިއޭ ކާގޯގެ މުހިންމު ތަފާސްހިސާބުތައް:

  • ޓްރާންސްޝިޕްމަންޓް ކާގޯ: 7,982 ޓަނު އުފުލާފައިވާއިރު، މިއީ 15 އިންސައްތައިގެ އިތުރުވުމެކެވެ.

  • ފްރައިޓަރ އޮޕަރޭޝަންސް: 358 ފްލައިޓުން 2,925 ޓަނުގެ މުދާ އުފުލި (+174% ކުރިއެރުން).

  • އައު ރެކޯޑެއް: މިމަހުގެ 12 ވަނަ ދުވަހު އެކަނިވެސް 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް، އެއަރޕޯޓުގެ ތާރީޚީ ރެކޯޑެއް ވަނީ ޤާއިމުކޮށްފައެވެ.

  • މައިގަނޑު މާކެޓުތައް: ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވި ޤައުމުތަކުގެ 2 ވަނައިގައި ޗައިނާ އޮތްއިރު (1 ވަނައިގައި ސްރީލަންކާ)، ރާއްޖެ މެދުވެރިކޮށް އެންމެ ގިނައިން މުދާ ފޮނުވާފައިވަނީ އެމެރިކާއަށެވެ (ގާތްގަނޑަކަށް 1,618 ޓަނު).

2024 ގައި ފެށި "ސީ-ޓޫ-އެއަރ" ޚިދުމަތުގެ ދަށުން މިހާތަނަށް 17 އެއަރލައިނަކާ ގުޅިގެން 5,000 ޓަނަށްވުރެ ގިނަ ކާގޯ އުފުލާފައިވާއިރު، ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ވިލާތުގެ އައު މަންޒިލްތަކަށް ދަތުރުތައް ފެށި، ވީއައިއޭއަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޓްރާންސްޝިޕްމަންޓް ހަބަކަށް ވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ލަފާކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ