އެމެރިކާގެ ވޮޝިންގޓަން ޑީސީގައި، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް، ހަނގުރާމައާ ދެކޮޅު މުޒާހަރާގެ ބައިވެރިން ވައިޓް ހައުސް ކައިރީގައި މުޒާހަރާ ކުރަނީ، 7 އެޕްރީލް 2026 ގައި. (އޭއޭ ފޮޓޯ)

އެމެރިކާއާއި އީރާނުގެ ހަމަލާތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ

އެމެރިކާއާއި އީރާނާ ދެމެދު އަނެއްކާވެސް ވަރުގަދައަށް ހަމަލާތައް ބަދަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ ހަފުތާގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ކަނޑުމަގުން އުފުލާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރައި، ހަކަތައިގެ ސަޕްލައިއަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ތެލުގެ ބާޒާރުގައި ބްރެންޓް ކްރޫޑް އަދި އެމެރިކާގެ ޑަބްލިއުޓީއައިގެ އަގު ހުކުރު ދުވަހު 4 އިންސައްތައަށް ވުރެ މައްޗަށް ޖެހިލާފައިވާއިރު، ބްރެންޓް ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 91 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް ގޮސްފައެވެ. މިއީ މިދިޔަ ޖޫން 11 ގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މަސްރަޙް ހޫނުވީ އެމެރިކާއިން އީރާނުގެ އުމްރާނީ ވަޞީލަތްތަކަށް ދިން ހަމަލާތަކުގެ ރައްދުގައި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވައިގެ ހަމަލާތައް ދިނުމާ ގުޅިގެންނެވެ.

އިޤްތިޞާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވާ ގޮތުގައި، ތެލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ތަކެތީގެ އަގު އުފުލި، ބޭންކުތަކުން އިންޓަރެސްޓް ރޭޓް ކުޑަކުރުމަށް ހިފާފައިވާ އަމާޒަށް ހުރަސްއެޅިދާނެއެވެ. އެސްޕީއައި އެސެޓް މެނޭޖްމަންޓްގެ ސްޓީވަން އިންސް ވިދާޅުވީ، ތެލުގެ އަގު ބޮޑުވުން ދިގުލައިގެން ގޮސްފިނަމަ އާންމުން ކުރާ ހޭދަ މަދުވެ، އިޤްތިޞާދީ ކުރިއެރުން މަޑުޖެހިދާނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ އިންފްލޭޝަން މަޑުޖެހިފައިވުމުން، މުޅި އިޤްތިޞާދަށް ދާއިމީ ނޭދެވޭ އަސަރެއް ކުރުމުގެ ފުރުޞަތު އަދި ކުޑަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ