ކ. ތުލުސްދޫގައި "އިސްރަށްވެހިންގެ ހިޔާވަހި" ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރުން، ފޮޓޯ: އެމްޓީސީސީ

ކ. ތުލުސްދޫގައި "އިސްރަށްވެހިންގެ ހިޔާވަހި" ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ކ. ތުލުސްދޫގައި "އިސްރަށްވެހިންގެ ހިޔާވަހި" ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލް ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. ދޮޅު އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ މީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކާއެކު، 100 މީހުންގެ ޖާގައިގެ އިމާރާތަކާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްޤީކުރެވޭނެއެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ތުލުސްދޫގެ އިތުރުން ށ. ފުނަދޫ ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އައްޑޫ ސިޓީ ފޭދޫ ސެންޓަރުގެ މަސައްކަތް ވަނީ ލިޓަސް އޮޓޯ މޮބައިލްސްއާ ހަވާލުކޮށްފައެވެ.

މެޑިކަލް ވޯޑާއި، ފިޒިއޮތެރަޕީ، ލައިބްރަރީ އަދި މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭ މި މަރުކަޒުތަކުގެ މައިގަނޑު މަޤުސަދަކީ، އިސްރަށްވެހިންގެ ތެރެއިން އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ