ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މާދަމާ ހަވީރު ހުޅުވާލަނީ

މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު މާދަމާ ހަވީރު 4:00 ގައި އާންމުންނަށް ހުޅުވާލާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އަލަށް ތަރައްޤީކުރި ޕާކިން ޒޯނު ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މަގު ހުޅުވާލާނީ ވަކި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމެއް ނެތި، މަސައްކަތް އެއްކޮށް ނިމުމާއެކު އާންމުންނަށް ސީދާ ބޭނުންކުރެވޭ ގޮތަށެވެ.

މަގު ހެދުމުގެ މަސައްކަތާއެކު މާލޭގެ މަލަމައްޗަށް ތަނަވަސްކަން ގެނެސް، ފެހިކުރުމުގެ ގޮތުން ދިވެހި ރުއްގަހާއި މާމެލާމެލީގެ ގަސްތައް އިންދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސާވޭ މަސައްކަތްތައްވެސް މިހާރު ފަށައިގެން ކުރިއަށްދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ