ސަރުކާރު ހިއްސާވާ 4 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދައުލަތުގެ ހިއްސާވާ ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އާ މެންބަރުން އައްޔަންކުރައްވައިފިއެވެ.

ބޯޑު މެންބަރުން އައްޔަންކުރެއްވި ކުންފުނިތަކަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އެވެ.

މި ބަދަލުތަކުގެ ދަށުން އެފްޑީސީގެ ބޯޑަށް މއ. ޝަހީން ޢަބްދުﷲ ޔާމީން އައްޔަންކުރެއްވިއިރު، އައިލެންޑް އޭވިއޭޝަންގެ ބޯޑަށް އައްޔަންކުރެއްވީ ދ. ކުޑަހުވަދޫ މައީޝާ އިބްރާހިމެވެ. އަދި އެޗްޑީސީގެ ބޯޑަށް ދ. ބަނޑިދޫ ޝާހިދު މޫސާ އައްޔަންކުރެއްވިއިރު، ހައްޖު ކޯޕަރޭޝަންގެ ބޯޑަށް އައްޔަންކުރެއްވީ ގ. ބަނީ އަޙްމަދު މާޒިންއެވެ.

ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އަލަށް އައްޔަންކުރެއްވި މި ބޭފުޅުންނަކީ އެކި ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޤާބިލު ބޭފުޅުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ