މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދު ވަނީ ފަޅުން ބައެއް ހިއްކައި، މަގު ފުޅާކުރުމަށްފަހު ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. ކޮންޓްރެކްޓަރ އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މަގު ހުޅުވާލި ނަމަވެސް، އެއްގަމު ތޮށީގެ ސިޑިތަކުގައި ރެއިލިންގ ހަރުކުރުމާއި ކާބް ސްޓޯން ބެހެއްޓުން ފަދަ ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫޢުގެ ތެރެއިން މަގު ފެހިކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވާއިރު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 3,100 އަށްވުރެ ގިނަ ގަހާއި ދިވެހި ރުއް ވަނީ އިންދާފައެވެ.
މީގެއިތުރުން، އަލަށް ތަރައްޤީކުރި ސަރަހައްދުގައި އުޅަނދުތައް ޕާކުކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ޤާއިމުކޮށްފައެވެ.


