ފޮޓޯ: ބީބީސީ

ބަންގްލަދޭޝްގެ ރައީސް ޝަހާބުއްދީން އިސްތިއުފާ ދެއްވައިފި

ބަންގްލަދޭޝްގެ 22 ވަނަ ރައީސް މުޙައްމަދު ޝަހާބުއްދީން މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ބެހޭގޮތުން "ދަ ޑެއިލީ ސްޓާ" ނޫހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، ސިއްޙީ ތަފާތު މައްސަލަތަކެއް ތަޙައްމަލު ކުރައްވަމުން ގެންދަވާތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ. ރައީސްގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ސަރުވަރު އާލަމް ވިދާޅުވި ގޮތުގައި، ޝަހާބުއްދީންގެ އިސްތިއުފާގެ ސިޓީއާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޙާފިޒު އުއްދީން އަޙްމަދު ވަނީ ހަވާލުވެވަޑައިގެންފައެވެ.

ޚަބަރުތައް ބުނާގޮތުގައި ޝަހާބުއްދީން އިސްތިއުފާ މިދެއްވީ، މިއަހަރުގެ މެއި މަހު ބޭސްފަރުވާއަކަށް ލަންޑަނަށް ކުރެއްވި ދަތުރުފުޅުގައި، މަގާމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާ ފޯނުން ވާހަކަދެއްކެވި ކަމަށް މީޑިއާގައި އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ. 24 އޭޕްރީލް 2023 ގައި ރައީސްކަމުގެ ހުވާކުރެއްވި ޝަހާބުއްދީނަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންފައިވާ، އަދި ކުރިން ޖަޖުކަމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކޮމިޝަނަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ