ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 2 އިން 5 އަށް ހިމެނޭ ސަރަޙައްދު ނިމި، މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު އެއްކޮށް ހުޅުވާލުމާ ގުޅިގެން، ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ބޭރުގައި އުޅަނދުތައް ޕާކު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އުޅަނދުތައް ޕާކުކުރަންވާނީ ހަމައެކަނި އެކަމަށް ޚާއްޞަކޮށްފައިވާ ޕާކިންގ ޒޯންތަކުގައި ކަމަށާއި، ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދު ތަރައްޤީކޮށްފައިވާއިރު، އުޅަނދުފަހަރު ޕާކުކުރުމަށްޓަކައި ބީއެމްއެލް ހެޑް އޮފީސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ޤާއިމުކޮށްފައެވެ.


