ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ

ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭގެ މަސައްކަތް އެމްއެމްއޭއިން ފަށައިފި

ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފިއެވެ.

ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މި ސާވޭ އޮންނާނީ މިމަހުގެ 25 އިން 31 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ކޮށްފައިވާ މި ސާވޭއަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސާވޭއެކެވެ.

މި ސާވޭގައި މައިގަނޑު ގޮތެއްގައި އެއްކުރާނީ ދަތުރުގެ މަގުސަދާއި، ދިޔަ ގައުމާއި، ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރުން ބޭސްފަރުވާއާއި މުޅި ދަތުރަށް ކުރި ޖުމްލަ ހަރަދުގެ މައުލޫމާތެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ސާވޭގައި ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އަމިއްލަ މައުލޫމާތެއް އެއްނުކުރާނެއެވެ.

އަދި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ފުރިހަމައަށް ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދެމުން، އެއާޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވާ އެމްއެމްއޭގެ މުވައްޒަފުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ