ހުޅަނގު އައްސޭރިއާއި ލުބްނާނުގެ އާސާރީ ބިނާތަކެއް ޔުނެސްކޯގެ ތަރިކައިގެ ލިސްޓަށް ލުން، ފޮޓޯ: ރޮއިޓަރސް

ހުޅަނގު އައްސޭރިއާއި ލުބްނާނުގެ ތާރީޚީ ސަރަޙައްދުތަކެއް ޔުނެސްކޯގެ ތަރިކައިގެ ލިސްޓަށް!

ޔަހޫދީ ދައުލަތުން ފާޅުގައި ދެކޮޅު ހަދަމުން ދަނިކޮށް، އިސްތިޢުމާރީ ހުޅަނގު އައްސޭރިއާއި ލުބްނާނުގައި ހުރި ތާރީޚީ ގޮތުން މުހިންމު ސަރަޙައްދުތަކެއް، އދ. ގެ ސަގާފަތާބެހޭ އިދާރާ (ޔުނެސްކޯ) އިން ދުނިޔޭގެ ހިމާޔަތްކޮށްފައިވާ ތަރިކައިގެ ލިސްޓާއި ނުރައްކަލުގެ ޙާލަތުގައިވާ ތަރިކައިގެ ލިސްޓުގައި އެއްފަހަރާ ހިމަނައިފިއެވެ.

ދެކުނު ކޮރެއާގެ ބުސާންގައި ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ކުއްލި އިޖުރާއަތެއްގެ ދަށުން މި ލިސްޓަށް އިތުރުކުރި 6 ސަރަޙައްދުގެ ތެރޭގައި، ޔަޙްޔާގެފާނުގެ ފަސްދާނުލެވިފައިވާ ބިން ކަމަށް އިސްލާމީ ތާރީޚުގައި ބުނާ ނާބުލުސް ކައިރީގައިވާ ސަބިޒްތިޔާނާއި، ލުބްނާނުގެ ދެކުނުގައިވާ ޖަބަލް ޢާމިލްގެ ތާރީޚީ ފަސް ކިއްލާއެއް ހިމެނެއެވެ.

ފަލަސްޠީނާއި ލުބްނާނުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، 2012 ވަނަ އަހަރުން ފެށިގެން މި ސަރަޙައްދުތައް ހިމާޔަތްކުރަން މަސައްކަތްކުރީ ޔަހޫދީންގެ ހަމަލާތަކުންނާއި ބިން ފޭރުމުގެ ނުރައްކަލުން އެ ތަންތަން ސަލާމަތްކުރުމަށެވެ. އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ ކަމަށް ބުނެ ޔަހޫދީން ދެމުންދާ ހަމަލާތަކުގައި ލުބުނާނުގެ ޤަލާޢަތުލްޝަމާޢުއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން މި ސަރަޙައްދުތައް ލިސްޓުގައި ހިމެނުން ހުއްޓުވަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އދ. އާމެދު އެ މީހުންގެ ހިތްހަމަނުޖެހުން ވަނީ އިތުރަށް ބޮޑުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ