"2026 ޖޫން 17 ވިލޭރޭ ފްރާންސްގައި ބޭއްވުނު ޖީ-7 ސަމިޓަށްފަހު، ޖެނީވާ އެއާޕޯޓުން އެއާ ފޯސް ވަން އަށް އަރައިވަޑައިގަންނަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (މާޝަލް ޓްރެޒިނީ/ޕޫލް/އޭއެފްޕީ)"

އީރާނާއެކު ރަނގަޅު މަޝްވަރާތަކެއް ކުރިއަށްދޭ؛ ސުލްހައިގެ އެއްބަސްވުމަކަށް ފުރުސަތު އެބައޮތް: ޓްރަމްޕް

އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ ފަދަ ރަނގަޅު މަޝްވަރާތަކެއް މިހާރު ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ، ޓްރަމްޕް ވަނީ މަޝްވަރާތަކާ މެދު އުންމީދީ ރޫހެއްގައި ވާހަކަދައްކާފައެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ބުނީ ދެ ގައުމުގެ ދެމެދުގައި ރަނގަޅު ވާހަކަތަކެއް ދެކެވެމުންދާ ކަމަށާއި، ކޮންމެވެސް ރަނގަޅު ނަތީޖާއެއް ނުކުތުމުގެ ފުރުސަތު ބޮޑު ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ކަންކަން ހަމައަކަށް އެޅިއްޖެނަމަ އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި، ނަމަވެސް އެދެވޭ ނަތީޖާއެއް ނުނިކުމެއްޖެނަމަ މީގެ ދެ ދުވަސް ކުރިން އެމެރިކާއިން ކުރަމުންދިޔަ ކަންކަމަށް އަލުން ރުޖޫއަވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން މިޝިގަންގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ވާހަކަދައްކަމުން ޓްރަމްޕް ވަނީ އީރާނާ ގުޅޭގޮތުން އިތުރު ވާހަކަތަކެއް ދައްކާފައެވެ. އީރާނަށް ރިޝްވަތު ނުދެވޭނެ ކަމަށާއި، އެ ގައުމުގެ މައްޗަށް ކުރިހޯދަންޖެހޭނެ ކަމަށް ބުނެ، އެމެރިކާއިން އެކަން ކުރާނެ ކަމަށް ޓްރަމްޕް ބުންޏެވެ. ނަމަވެސް މިވަގުތު ދެ ގައުމުގެ މެދުގައި ވަރަށް އެކުވެރި މާހައުލެއްގައި މަޝްވަރާތައް ކުރިއަށްދާކަން އޭނާ ފާހަގަކުރިއެވެ.

އެމެރިކާގެ ރައީސް މިހެން ވިދާޅުވެފައިވަނީ އީރާނަށް އަމާޒުކޮށްގެން ދެ ހަފުތާ ވަންދެން މެދުނުކެނޑި ދެމުންދިޔަ ވައިގެ ހަމަލާތައް، ހަފުތާ ބަންދުގައި އެމެރިކާއިން ކުއްލި ގޮތަކަށް ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާތައް ހުއްޓާލުމާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަވެ، ސިޔާސީ ހައްލަކަށް ދިއުމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ