އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ މާލީ ވުޒާރާއިން ކަނޑައަޅައިފިއެވެ.
އެ ވުޒާރާއިން ވަނީ ސާކިއުލާއާ އެއްގޮތްވާ ގޮތުގެ މަތިން އަންނަ އަހަރުން ފެށިގެން 2029 ގެ ނިޔަލަށް ލަފާކުރާ މެދު ރާސްތާ ބަޖެޓު، ސެޕްޓެންބަރު 18، 2026 ގެ ކުރިން ހުށަހެޅުމަށް ހުރިހާ ކައުންސިލްތަކަށް އަންގާފައެވެ.
މިއަހަރަކީވެސް ކައުންސިލްތަކަށް ރެކޯޑު އަދަދަކަށް (2.47 ބިލިޔަން ރުފިޔާ) ބްލޮކް ގްރާންޓް ކަނޑައެޅި އަހަރެއްކަމަށްވާއިރު، މިއަހަރުގެ މިހާތަނަށް 1.25 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކައުންސިލުތަކަށް ދޭ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާއިރު، އަތޮޅު ކައުންސިލުތައް އުވާލުމުން ރަށު އަދި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވެގެންދާނެއެވެ.
އަދި ކުރިއަށް އޮތްތަނުގައި ކައުންސިލުތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


