"ބީއެމްއެލް ސްޓާޓް އަޕް ގްރާންޓް" ޕްރޮގްރާމް ފަށަފި

ވިޔަފާރިއެއް ފެށުމަށް ބީއެމްއެލްގެ ފަސް ލައްކަ ރުފިޔާގެ ހިލޭ އެހީ ދޫކުރާ، ބީއެމްއެލް ސްޓާޓް އަޕް ގްރާންޓަށް" ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

 

ބީއެމްއެލްއިން އަލަށް ފަށާ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ދޫކުރުމަށް ހަމަޖެހިފައި މި އެހީއާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން، ބީއެމްއެލްއިން ހާމަކޮށްފައިވަނީ މި އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރިވިއު ކުރުމަށް ފަހު ދެ ވިޔަފާރިއެއް ހޮވާނެ ކަމަށެވެ. އަދި ހޮވޭ ދެ ވިޔަފާރިއަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އެހީ ދޭނެ ކަމަށެވެ. މި އެހީ ދިނުމުގައި އެންމެ ފުރަތަމަ ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރާނެ ކަމަށާއި،  އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ޝޯޓްލިސްޓް ކުރާނެ ކަމަށްވެސް ހާމަކުރިއެވެ. އެހީ ލިބޭ ދެ ވިޔަފާރި ކަނޑައަޅާނީ ޝޯޓްލިސްޓް ވާ ފަރާތްތަކުން އިވެލުއޭޝަން ކޮމިޓީ އަށް ހުށަހަޅާ ޕްރެޒެންޓޭޝަންތަކަށް ބެލުމަށް ފަހުއެވެ.

"ސްޓާޓަޕް ގްރާންޓަށް" އެދި ހުށަހެޅޭނީ، ޖުލައި މަހުގެ މެންދުރު 12 ޖަހަންދެނެވެ. އަދި އުފެދެމުން އަންނަ ވިޔަފާރިވެރިތަކަށާއި، އަލަށް ފަށާ ވިޔަފަރިތަކާއި އަލަށް ފަށާފައިވާ ވިޔަފާރިތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި ސްޓާޓަޕް ގްރާންޓްގެ އެހީގައި ރާއްޖޭގައި ކުރިއަރަމުންދާ ސްޓާޓަޕް ކޮމިއުނިޓީ އަށް އެހީތެރިވެ، އަލަށް ފަށާ ވިޔަފާރިތައް ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަށް އެހީތެރިވެދީ، އެހީ ލިބޭ ދެ ވިޔަފާރި އަށް ވެސް ބޭނުންވާ ފައިނޭންޝަލް ގައިޑަންސްވެސް ވެސް ބޭންކުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން، މުޖުތަމައަށް ފައިދާހުރި 12 ހަރަކާތެއް ކުރިއަށް ގެންދެވިއެވެ. މި ހިލޭއެހީގެ ދަށުން 2022 ވަނަ އަހަރު ހަތަރު ވިޔަފާރިއަކަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ބީ.އެމް.އެލްގެ ސީ.އެސް،.އާރުގެ ދަށުން މުޖްތަމަޢުގެ ހިތްހަމަޖެހުމަށް ގިނަގުނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު