15 އޮކްޓޫބަރު 2025

އެސް.ޓީ.އޯ އިން ހިޓާޗީގެ އާ ދޮންނަ މެޝިންތައް ރާއްޖޭގެ ބާޒާރަށް ނެރެފި

ޖަޕާނުގެ ހިޓާޗީ ކުންފުނިން މިއަހަރުގެ ފެބްރުއަރީ މަހު ނެރުނު އާ ދޮންނަ މެޝިންތައް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެ "ދޮވުނީ ހިކުނީ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސް.ޓީ.އޯ އިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮމޯޝަން ކުރިއަށް ދަނީ ޖޫން މަހުގެ 22 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ދޮންނަ މެޝިންއާއެކު މައިކްރޯވޭވް އަވަނެއް ހިލޭ ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އިޓާޗީއަކީ ދިވެހިންގެ މެދުގައި މަގުބޫލު، އަދި އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ. މި ބްރޭންޑްގެ ދޮންނަ މެޝިނުގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން މިފަހަރު މާކެޓަށް ނެރެފައިވެއެވެ. އެއީ، 8 ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް ދޮވެލެވޭ، އަދި 5 ކިލޯއިން ފެށިގެން 7 ކިލޯއާ ހަމައަށް ހިއްކުމުގެ ގާބިލްކަން ހުންނަ މެޝިނެވެ. މި ބްރޭންގެ މެޝިނުން އިތުރަށް ހިއްކަން ނުޖެހި މެޝެނުން ނަގާގޮތަށް ކަބަޑަށް ލެވޭވަރަށް ހިއްކާލެވެއެވެ. މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާ ބަލާއިރު އަގު ގޮތުންވެސް ހެޔޮ މެޝިންތަކެއް ކަމަށް އެސް.ޓީ.އޯ އިން ހާމަކުރެއެވެ.

މި މެޝިންތަކަށް އެއް އަހަރު ދުވަހުގެ ވޮރަންޓީ ދިނުމަށް ހަމަޖެހިފައިވާއިރު، ވިއްކާ މި މެޝިންތަކުގައި "ހަކަތަރި" ލޭބަލް ޖެހުމަށްވެސް ވަނީ ނިންމާފަ އެވެ.

އެސްޓީއޯއަކީ އެންމެ ފުރަތަމަ "ހަކަތަރި" ލޭބަލް ޖެހި އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ނެރުނު ކުންފުންޏެވެ. މިހާރުވަނީ ހިޓާޗީ ބްރޭންޑްގެ އޭސީތަކުގައި ހަކަތަރި ލޭބަލް ޖަހައިގެން ވިއްކަން ފަށާފައެވެ. ހަކަތަރި ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ތަކެތިކަން ޔަގީންކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހިންގާ ޕްރޮގްރާމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު