15 އޮކްޓޫބަރު 2025

ނިލަންދޫ ދާއިރާގެ މެމްބަރު މުހްސިން އެމްޑީޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަބްދުލް މުހުސިން ހަމީދު، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ޖޭފޯ މިހާތަނަށް ނިލަންދޫ ދާއިރާގެ ގޮޑި ތަމްސީލް ކުރައްވާފައިވަނީ މިނިވަން މެމްބަރެއްގެ ގޮތުގައެވެ. ޖޭފޯ އެމްޑީޕީއާއި ސޮއިކުރެއްވީ ރައީސް ޞާލިހު ފ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ޖޭފޯގެ އުފަންރަށް ފ. ނިލަންދޫއަށް މިހާރު ކުރައްވާ ދަތުފުޅުގެ ތެރެއިންނެވެ. ނިލަންދޫ ދާއިރާގެ މެންބަރު އެމް.ޑީ.ޕީއަށް ސޮއިކުރައްވާފައިވާއިރު، އެމަނިކުފާނުގެ އާއިލާގެ ގިނަ ބަޔަކުވެސް ވަނީ އެމް.ޑީ.ޕީއާއި ގުޅިފައެވެ.

ޖޭފޯ އެމްޑީޕީއަށް ސޮއި ކުރުމާއިއެކު މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުންގެ އަދަދު ވަނީ 56 އަށް އަރާފައެވެ. ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އެމްޑީޕީގެ 12 މެމްބަރަކު ވަނީ އެޕާޓީން ވަކިވެފައެވެ. އަދި އެބޭފުޅުން ގެންދަވަނީ ވަކި "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އައު ސިޔސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގައާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާ މެމްބަރު ޖޭފޯއަކީ މީހުންނާ ގުޅޭ، ސާދާ ބޭފުޅެކެވެ.  17 ވަނަ މަޖިލިސް ނިންމާލުމަށްފަހު ޖޭފޯ ވަނީ ޔޫތު މިނިސްޓްރީގެ ނައިބުކަންވެސް ކުރައްވާފައެވެ. އަދި އޭގެ ފަހުން ހައުސިންގ މިނިސްޓްރީގެ ނައިބްކަންވެސް ކުރެއްވިއެވެ.

މެމްބަރު ޖޭފޯ ވަނީ ދާއިރާގައި ރައްޔިތުންގެ ކަންބޮޑުވުން ގިނަ މައްސަލަތަކެއް މަޖިލީހުގެ ސަމާލުކަމަށް ގެންނަވައިފައެވެ. އަދި މަޖިލީހުގައި ވަޒީރުންނާއި ސުވާލު ކުރުމަށް ހުޅުވާލެވޭ ފުރުސަތު ތަކުގައާއި، މުހިންމު ބިލްތަކަށް މެމްބަރު ޖޭފޯ ދަނީ ބަހުސް ކުރައްވަމުންނެވެ. ޖޭފޯއަކީ މަޖިލީހަށް ބަރާބަރަށް ހާޒިރުވާ މަދު މެމްބަރުންގެ ތެރޭގައިވެސް ހިމެނޭ މެމްބަރެކެވެ. ޖޭފޯ އެމް.ޑީ.ޕީއަށް ސޮއި ކުރެއްވި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައި ނުވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައު ނިލަންދޫގައި ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު