15 އޮކްޓޫބަރު 2025
ފާރިސްއަށް ސަޕޯޓް ހޯދުމުގެ މަސައްކަތްކުރިއަށްދަނީ

ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ފާރިސް ވާދަކުރައްވަނީ!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫންގެ ދަރިކަލުން، އަހުމަދު ފާރިސް މައުމޫން ވާދަކުރެއްވުމަށް އެދި ސަޕޯޓަރުން ސޮއި ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތްފަށާފައިވާއިރު، ރައީސް މައުމޫންގެ އެމް.އާރް.އެމް މިދިޔަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނުން އުވާލިކަމަށްވަނީ އަންގާފައެވެ. އަދި ސިޔާސީ އެއްވެސް ހަރަކާތެއް އެމްއާރުއެމްއިން ނުހިންގުމަށްވެސް ވަނީ އަންގާފައެވެ. އެނިންމުމާއި އެއްގޮތަށް އެމްއާރުއެމްގެ މެމްބަރުން އަމަލު ކުރެއްވުމަށް އެޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ފާރިސް އިންތިޚާބުގައި ވާދަކުރުމާމެދު ވަކި ގޮތެއް އަދި ހާމަކޮށްފައި ނުވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޕާޓީތަކާއި މަޝްވަރާކޮށް ކޯލިޝަން ހެދުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

https://twitter.com/TeamMRM_/status/1662112843276374016?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1662112843276374016%7Ctwgr%5Ee33f397b7ce22cc4c79c07cb8c27908aaf7cae35%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F137206

ޕާޓީ އުވާލިތާ ދެތިން ދުވަސް ނުވަނީވެސް އެޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންތަކެއް އިސްނަގައިގެން ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަކުރެއްވުމަށް އެދި ސޮއި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައިި ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޮއިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު