"ޕެލޭ ސްޓޭޑިއަމް" ގެ ނަމުގައި އދ. މަހިބަދޫ ޓާފް ދަނޑުގެ އަލުން ހުޅުވުވައިިފިއެވެ. ސްޓޭޑިއަމް ހުޅުވުމަށް ޚާއްސަ ފުޓްބޯޅަ މެޗެއް ވަނީ ކުޅެފައެވެ. އެ ރަސްމިއްޔާތަށް ހޮނިހިރު ދުވަހު ކުޅެވުނު މެޗުގައި ހ މަހިބަދޫން ހޮވައިލެވުނު ޓީމަކާއި ދިވެހި ގައުމީ ޓީމެއް ކުޅުނެވެ.
ހޮނިހިރު ދުވަހު "ޕެލޭ ސްޓޭޑިއަމް" ހުޅުއްވައިދެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، މަހިބަދޫ ކައުންސިލުގެ ރައީސް ރަޝާދު އަލީގެ އިތުރުން މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ތަޖުރިބާކާރު ފޯވާޑް އަޙްމަދު ތޯރިގް (ޓޮމް) އެވެ.
ދަންޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ކުޅެވުނު އެކުވެރިކަމުގެ މެޗުން ގައުމީ ޓީމު މޮޅުވީ 5-0 ގެ ނަތީޖާ އަކުންނެވެ. މަހިބަދޫ އިން ހޮވާލެވުނު ޓީމުގައި އަސަދުﷲ އަބްދުﷲ (އަސަކޮ) އާއި މިޑްފީލްޑަރު، ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ފަދަ ފާހަގަކޮށްލެވޭ ކުޅުންތެރިން ތިއްބެވެ.
މަހިބަދޫ ދަނޑުގެ ނަން ޕެލޭ ސްޓޭޑިއަމް އަށް ބަދަލުކުރީ ބްރެޒިލްގެ ލެޖެންޑު ޕެލޭ މަރުވުމާ ގުޅިގެން ކޮންމެ ގައުމެއްގައިވެސް ޕެލޭ ގެ ހަނދާނުގައި ފުޓުބޯޅަ ދަނޑެއް އެޅުމަށް ފީފާ ގެ ރައީސް އިންފަންޓީނޯ ގެ އެދިލެއްވުމަކުންނެވެ.