އިތުރު ދައުރެއް އުރުދުޣާން ކަށަވަރު ކުރައްވައިފި

މިއަދު ނެގި ވޯޓްގެ ނަތީޖާ މިހާރު ކަށަވަރު ވެފައިވާއިރު އުރުދުޢާން ވަނީ 52.12 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ. ކެމާލް ކްލިޗްތަރޯލޯއަށް ލިބިވަޑައިގަތީ 47.88 ޕަސެންޓް ވޯޓެވެ.
ތުރުކީގައި މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯއްދަވާ އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ރިޔާސީ އިތުރު ދައުރެއް ކަށަވަރު ކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ބޭފުޅުަކަށް 50 ޕަސެންޓަށްވުރެ މަތީން ވޯޓް ލިބިވަޑައިނުގަތުމުންނެވެ.

ފުރަތަމަ ބުރުގައި އުރުދުޣާނަށް ލިބިވަޑައިގަތީ 49.5 ޕަސެންޓެވެ. އިދިކޮޅު ހަ ޕާޓީއަކުން ހަދާފައިވާ ކޯލިޝަންގެ ކެނޑިޑޭޓް، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ކެމާލް ކްލިޗްތަރޯލޯއަށް 44.89 ޕަސެންޓެވެ.

މިއަދު ނެގި ވޯޓްގެ ނަތީޖާ މިހާރު ކަށަވަރު ވެފައިވާއިރު އުރުދުޢާން ވަނީ 52.01 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ. އެއީ 27 މިލިއަން ވޯޓެވެ. ކެމާލް ކްލިޗްތަރޯލޯއަށް ލިބިވަޑައިގަތީ 47.09 ޕަސެންޓް ވޯޓެވެ. އެއީ 25 މިލިއަން ވޯޓެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު