15 އޮކްޓޫބަރު 2025

ގުޅެން ޖެހުނު ބަޔަކާއި ގުޅިގެން މިވެރިކަން ބަދަލުކުރާނަން: ވައްޑެ

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ގުޅެންޖެހުނު ބަޔަކާއި ގުޅިގެންވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބަލިކުރާނެކަމަށް ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރޭ ދަ ޑިމޮކްރެޓްސް އިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާ ބޭއްވީ ކުރީގެ އެމްޑީޕީގެ މައި ހަރުގޭގައެވެ. މިހާރު އެތަނަކީ ދަ ޑިމޮކްރެޓްސްގެ މައި ހަރުގެއެވެ. ވައްޑެ ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިބްތިހާބުން ރައީސް ސޯލިހް މިހާރު ވެސް ބަލިވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަން ކުރިއަށް އޮތް 84 ދުވަހަށް ފަހު އިލެކްޝަން ކޮމިޝަނުން އިއުލާނު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމުމަށްފަހު ދިވާމި ހާލަތުން ރާއްޖެ ދޫކޮށް ވަޑައިގެންނެވީ. އޭގެ ފަހުން ރާއްޖެ ދޫކޮށް އަމިއްލައަށް ފިއްލަވާނެ ރައީސްއަކަށް އިބްރާހިމް މުހައްމަދު ސޯލިހްވެ ވަޑައިގަންނަވާނެ. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ގުޅެން ޖެހުނު ބަޔަކާއެކު ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނަން. އިރާދަ ކުރެއްވިއްޔާ އަންނަ ނޮވެމްބަރު މަހު އުފެދޭނީ އަޅުގަނޑުމެން ހިއްސާވާ ސަރުކާރެއް.

– ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ އެއް ޕާޓީއަކަށް އެކަނި އިންތިހާބު ކާމިޔާބު ނުކުރެވުމަކީ ރައީސް ސޯލިހުގެ ބަލި ފައި ކަމަށެެވެ. މާލެ އާއި އައްޑޫ ސިޓީން އެމްޑީޕީއަށް ކުރިން އޮތް ތާއީދު ނެތްކަން ފާހަގަކުރައްވަމުން ވައްޑެ ވިދާޅުވީ މިއާއެކު ރައީސް ސޯލިހް މި އިންތިހާބުން ބޮޑުތަނުން ބަލިވާނެ ކަމަށެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ އިތުރުން ވާދަ ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ ރައީސް ޔާމީނެވެ. ކުރީގެ ރައީސް ނަޝީދު ނިކުންނަވާކަން އަދި ނޭނގެއެވެ. އެކަމަކު، ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު