12 ފެބުރުވަރީ 2025

މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ދާޅުވީ މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބިގެން އެމްއެންޑީއެފް ފަޔާ ރެސްކިއު ޓީމުން މިހާރު އެ ތަނުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މިހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 14:25 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މއ. ގުލާބީގޭގެ ފަސް ވަނަ ފަންގިފިލާގައި "ގޭސް އެކްސްޕްލޯޝަނެއް" ހިނގައިގެން ސިފައިންގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކަތާތެރިވަމުންދާ ކަމަށެވެ.

އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މީހާއަށް ލިބިފައިވަނީ ކިހާ ސީރިއަސް އަނިޔާތަކެއް ކަމެއް އަދި ނޭގެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު