Thursday, 18 April 2024

"ޒިމަރމަން" ބީޗް ހޭންޑްބޯލް ވަން ޑޭ ކަޕް ބާއްވައިފި

"ޒިމަރމަން" ޓީ.ވައި.އީ.އެސް ބީޗް ހޭންޑްބޯލް ވަން ޑޭ ކަޕް ހުކުރު ދުވަހު ބާއްވައިފިއެވެ. މި ޗެމްޕިއަންޝިޕަކީ "ވަން ގޭމް" ގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި އެއް ދުވަހަށް ބޭއްވުނު މުބާރާތެކެވެ.

މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރއަކީ "ޒިމަރމަން ރެސްޓޯރެންޓް" އަދި ހޯސްޓް ޕާޓްނަރއަކީ "އާރބަންކޯ" އެވެ. މީޑިއާ ޕާޓްނަރ ގެ ގޮތުގައި "ފިޔަ އޮންލައިން" ހަމަޖައްސާފައިވާއިރު، ކޭޓަރިން ޕާޓްނަރ "ޓީ ޖެޓީ"، އަދި ކޯރ ސްޕޮންސަރ ގެ ގޮތުގައި، "ޕްރީ ޓެކް ޑިޒައިންސް"، "ކޮކާކޯލާ"، "އޭވް"، "ދި އެކައުންޓެންޓް" ހަމަޖައްސާފައިވެއެވެ.

މި މުބާރާތަކީ ނިމިގެންދިޔަ ހޭންޑްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ހަވާސާގައި އެ މުބާރާތުގައި ބައިވެރިވި ކުޅުންތެރިންގެ ގުޅުން ބަދަހިކޮށްލުމަށް، "ވަން ގޭމް" އަދި"ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް" ގުޅިގެން ހިންގި މުބާރާތެކެވެ.

ވަރަށް ފޯރިއާއެކު އިއްޔެ ބޭއްވި މި މުބާރާތުގައި، އަންހެން 5 ޓީމް އަދި ފިރިހެން 5 ޓީމް ބައިވެރިވިއެވެ. 2 ޑިވިޝަންވެސް ދުވާލު ވަގުތުގައި ލީގް އުސޫލުން ކުޅެ، ރޭގަނޑު އޮތް ފައިނަލަށް ދަތުރުކުރީ، އަންހެން ޑިވިޝަނުން "ޓީމް ވޯވް" އާއި "ޕްރެމް ޕްރެމް"، އަދި ފިރިހެން ޑިވިޝަނުން " ޓީމް ވޯވް" އާއި "ޓީމް ދޯކާ" އެވެ.

ރޭ އޮތް ފައިނަލް މެޗުން އަންހެން ޑިވިޝަނުން، "ޕްރެމް ޕްރެމް" ޗެމްޕިއަންކަން ހޯދާފައިވާއިރު، ފިރިހެން ޑިވިޝަނުން ޗެމްޕިއަންކަން ހޯދީ "ޓީމް ދޯކާ" އެވެ.

"ވަންް ގޭމް" އިން މަޢުލޫމާތު ދޭ ގޮތުގައި، ކުޅިވަރުގެ މައިދާނުގައި ގުޅުންތައް ބަދަހިކޮށް އުފާވެރި މާހައުލެއް ޤާއިމުކުރުމަށް މިކުރެވޭ މަސައްކަތުގައި "ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް" އާ ގުޅިގެން ކުރިއަށް އޮތްތަނުގައިވެސް މިފަދަ މުބާރާތްތައް ކުރިއަށް ގެންދެވޭނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *