15 ޖަނަވަރީ 2025
ރައީސް އޮފީސް، 16 އަހަރުން ދަށުގެ އީސްޓް ޒޯން ކަޕްގައި ބައިވެރިވާ
ރައީސް އޮފީސް، 16 އަހަރުން ދަށުގެ އީސްޓް ޒޯން ކަޕްގައި ބައިވެރިވާ

މެލޭޝިއާގައި ބާއްވާ ކްރިކެޓްގެ 16 އަހަރުން ދަށުގެ އީސްޓް ޒޯނުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ

މި މަހުގެ ފަހުކޮޅު މެލޭޝިއާގައި ބާއްވާ އޭޝިއަން ކްރިކެޓް ކައުންސިލުގެ 16 އަހަރުން ދަށުގެ އީސްޓް ޒޯނުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނެއެވެ.

މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާ ޤައުމުތަކަކީ މުބާރާތް ބާއްވާ މެލޭޝިއާގެ އިތުރުން ސިންގަޕޫރު، ހޮންގް ކޮންގް، ނޭޕާލް، ތައިލޭންޑް އަދި އިންޑޮނޭޝިއާއެވެ. މި މުބާރާތް ކުރިޔަށްދާނީ މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި ޖޫން 24 އިން ޖުލައި 4 ގެ ނިޔަލަށެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ 16 އަހަރުންދަށުގެ ޓީމެއް ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މުބާރާތުގައި ވާދަކުރާ ދިވެހި ޓީމާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހިތްވަރުދެއްވިއެވެ. އަދި ކާމިޔާބީ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް ނައިބު ރައީސް ވަނީ ޓީމުގެ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. ނައިބު ރައީސް ފައިސަލް ނަސީމާއެކު ބޭއްވެވި މި ބައްދަލުވުމުގައި ޓީމުގެ 14 ކުޅުންތެރިންގެ އިތުރުން ކޯޗު ރިޔާޒް ރަޝީދާއި ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް އަދި ނައިބު ރައީސް އަޙްމަދު ހުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު