ސީ.އެން.އެން، ޓައިޓޭނިކް އަޑިއަށްދިޔަ ސަރަޙައްދު

ޓައިޓޭނިކް އަޑިއަށް ދިޔަ ސަރަޙައްދަށް ފަތުރުވެރިންތަކެއް ގެއްލިގެން ހޯދަނީ

ޓައިޓޭނިކް އަޑިއަށް ދިޔަ ސަރަޙައްދަށް ފަތުރުވެރިންތަކެއް ގެއްލިގެން ހޯދަމުން އެބަ ގެންދެއެވެ.

ރެސްކިޔު އޮފްރޭޝަންގެ ޓީމުން ހޯމަ ދުވަހުން ފެށިގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް، އެޓްލާންޓިކް އޯޝަންގައި، ކުރަމުންދާއިރު، ގެއްލިގެން ހޯދަމުންދަނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ޓައިޓޭނިކްގެ ދިރާސާއެއް ކުރުމަށް ސަބްމާސިބަލް އުޅަނދެއްގައި ދަތުރުކުރި 5 މީހުން ކަމަށް ޚަބަރު ލިބެއެވެ.

އެ އުޅަނދު ގެއްލުނު ކަމަށް ރިޕޯޓްކޮށްފައިވަނީ، އާދިއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އެސްޓީ ޖޯންސް، ނިއުފައުންޑް ލޭންޑްގެ ދެކުނުން 435 މޭލު ބޭރުން ކަމަށް ކެނެޑާގެ ޖޮއިންޓް ރެސްކިޔު ކޯރޑިނޭޝަން ޓީމުން މަޢުލޫމާތު ދެއެވެ.

އެމީހުން ހޯދުމުގެ މަސައްކަތުގައި ބޮސްޓޮންގެ ޔޫއެސް ކޯސްޓްގާރޑްގެ އިސްވެ އޮވެ، ކެނެޑާގެ ކޯސްޓް ގާޑާއި މިލިޓަރީ އެއަރކްރާފްޓް ޙަރަކާތްތެރިވާ ކަމަށްވެސް މަޢުލޫމާތު ދެއެވެ.

މިމަސައްކަތުގައި ވަރަށް ބޮޑެތި ގިންޖެހުންތަކެއް ހުރުމާއެކު، ޔޫއެސްގެ ކޯސްޓް ގާޑް ކޮމާންޑަރ މަޢުލޫމާތު ދޭގޮތުގައި، ގެއްލިފައިވާ އުޅަނދު ހޯދުމަށް، އިތުރު ވަޞީލަތްތައް ބޭނުން ކުރުމަށް މިހާރުވަނީ ނިންމާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ