15 ޖަނަވަރީ 2025

މާމުއި ސަމުސަލެއް ބޯލައިގެން ކަސްރަތުން އުފާވެރިކަން!

ރަގަޅު ނަތީޖާއެއް ހޯދަން ކަސްރަތު ކުރާނަމަ، ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެތައް ވަގުތެއް ހޭދަކުރިއަސް ނުހިކެނީ ކަސްރަތުކުރުމުގެ ކުރިންނާއި ފަހުން ކުރަންޖެހޭ ކަންކަން ކުރަމުން ނުދާތީއެވެ. ހަށިގަނޑު ބައްޓަން ކުރުމުގައި އިންސާނާއަށް ކާއެއްޗެހި ބޭނުންކުރެވޭ ގޮތާއި ބޭނުންކުރެވޭ މިންވަރާއި، އަދި ވަކިން ޚާއްޞަކޮށް ޞިއްޙަތަށް ފައިދާހުރި ކާނާގެ މައްޗަށް ބިނާވެއެވެ.

ހެނދުނެއް، މެންދުރެއް ހަވީރެއް ނުބަލާ ކަސްރަތު ކުރަނީއެވެ. އެދެވޭ ނަތީޖާއެއް ނުނިކުމެއެވެ. އެހެނީ ކަސްރަތުކުރުމުގައި އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއް ހުންނާނެއެވެ. ކިތަންމެ ވަރަކަށް ކަސްރަތުކުރިއަސް ބަނޑުގައި ހުންނަ ސަރުބީ ނުވިރެނީ ނުވަތަ ހަށިގަނޑަށް ލުއިކަމެއް ނުލިބެނީ އެހެންވެއެވެ.

ކަސްރަތުކުރުމަށް ދިޔުމުގެ ކުރިން ކެއުމަށް ސަމާލުން ދޭންޖެހެއެވެ. ކަސްރަތުކޮށްގެން އަވަސް ނަތީޖާއެއް ހޯދަން ބޭނުންވާނަމަ، ކެއުމުގެ ކަންތައްތައް ވަކި އިންތިޒާމަކަށް ބައްޓަން ކުރަންޖެހެއެވެ. ބައެއް ކާނާއަކީ ކެއުމުން ގިނަ ވަގުތު ވަރުބަލިވުމެއް ނެތި ކަސްރަތުކުރުމުގައި ދެމިހުރުމަށް އެހީތެރިވެދޭ ކާނާއެވެ. އަނެއް ބައި ކާނާއަކީ ވަރަށް އަވަހަށް މީހާގެ ހަކަތަ ހުސްކޮށްލާ ވަރުބަލިކަން އިތުރުކޮށްދޭ ކާނާގެ ގޮތުގައި ބެލެވިދާނެއެވެ.

އެގޮތުން ތާޒާ މާމުއިއަކީ ކަސްރަތު ކުރާ މީހާ ބޭނުންކުރުން ވަރަށް މުހިއްމު އެއްޗެކެވެ. ބޯއެއްޗެއްސަށާއި ކާއެއްޗެއްސަށް އަޅައިގެން ދާޢިމީ ގޮތެއްގައި މާމުއި ބޭނުންކުރުމަށް އާދަކުރުމަކީ ކަސްރަތު ކުރާ މީހާއަށް އަވަސް ނަތީޖާއެއް ނެރެވޭނެ ކަމެކެވެ. 2013 ވަނަ އަހަރު ޖާރނަލް އޮފް އެގްރިކަލްޗަރ އެންޑް ފުޑް ކެމިސްޓްރީން ހޯދިހޯދުންތަކުން ދައްކާ ގޮތުން މާމުއިގައި، "އެންޓިއޮކްސިޑަންޓް" ކިޔާ މާއްދާއެއް އެކުލެވެއެވެ. އެމާއްދާގެ މިންވަރު ހަކުރަށްވުރެ ގިނައެވެ. އެ މާއްދާގެ އެހީގައި މަސްތައް ރިކަވަރވާން ފަސޭހަވެއެވެ. ކަސްރަތު ކޮށްގެން މަސްތަކަށް ލިބޭ ވަރުބަލިކަން ކަނޑުވާލުމަށް އެމާއްދާ މުހިއްމު ދައުރެއް އަދާކުރެއެވެ.

ކަސްރަތުކުރުމުގެ ކުރިން މާމުއި ބޭނުން ކުރުމަކީ މުހިއްމުކަމެކެވެ. އަދި މާމުއި އަކީ ޑިޕްރެޝަންފަދަ ބަލިތަކަށް ޚާއްސަ ފަރުވާއެއްކަމުން، ކަސްރަތުކުރުމުގައި މާމުއި ބޭނުންކުރުމަކީ ހަށިގަނޑަށް ދުޅަހެޔޮކަން ގެނުވާނެކަމެކެވެ. އަދި ކަސްރަތު ކޮށްގެން ހަށިގަނޑު ރީތިކޮށް ބަހައްޓަން ބޭނުންވާ މީހާއަށް ހަލުވި ނަތީޖާއެއް ނެރެވޭނެއެވެ.

ހަމައެހެންމެ މާމުއިގެ ސަބަބުން ހަށިގަނޑުގައި ވަރުޖެހި ގިނަ ވަގުތު ކަސްރަތުގައި ދެމިހުރުމަށް އެހީތެރިވެދެއެވެ. ދުވާ މީހަކު ދުރަށް ދުވެލާނެ މިންވަރަށް އޭނާގެ ހަށިގަނޑުގައި ހަކަތަ ހިފަހަޓާލައެވެ.

އެހެންކަމުން، ކަސްރަތު ކުރުމުގެ ކުރިން މާމުއި ސަމުސަލެއް ބޭނުންކޮށްލައިގެން ކަސްރަތުން އުފާވެރިކަން ހޯދާށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު