7 ޑިސެންބަރު 2024

ޢީދުގެ މުނާސަބަތުގައި މައްކާ ކްލޮކް ޓަވަރު ދިއްލާލައިފި

އަޟްޙާ ޢީދުގެ އުފަލުގައި މައްކާ ކްލޮކް ޓަވަރ ދިއްލާލައިިފިއެވެ. މި ޓަވަރަށް މައްކާ ރޯޔަލް ކްލޮކް ޓަވަރގެ ނަމުންވެސް ނަންދެވިފައިވެއެވެ.

މި ޓަވަރ 2002 ވަނަ އަހަރު ހަދަން ފަށައި ނިންމާލާފައިވަނީ 2011 ވަނަ އަހަރެވެ. އަދި މިތާރީޚީ ބިނާ ހުޅުވާފައިވަނީ ޖެހިގެން އައި 2012 ވަނަ އަހަރެވެ. މި ޓަވަރުގެ ބޮޑު މިނަކީ 32،000 އަކަ މީޓަރެވެ. އަދި މިތަނަކީ ޙައްޖާއި ޢުމުރާގެ އަޅުކަމަށްދާ ފަރާތްތަކަށް އެކޮމޮޑޭޓް ކުރެވޭ ގޮތަށް ހަދާފައިވާ ބޮޑު ހޮޓަލެއް ހިމެނޭ ގޮތަށް ބައްޓަންކުރެވިފައިވާ ބިނާއެކެވެ. މިޓަވަރުގެ އެންމެ މަތީ 4 ފަންގިފިލާ ޚާއްޞަ ކުރެވިފައިވަނީ ދާރުލްއާސާރެއްގެ ގޮތުގައެވެ.

World’s Most Famous Clock Towers - HolidayMe | Clock tower, Famous ...

މައްކާގެ ޙަރަމްފުޅާ އެއް އިންވެގެން، ޙަރަމްފުޅާ 300 މީޓަރު ދުރުމިނުގައި ހުންނަ މިޓަވަރަކީ، ވަރަށް ފުރިހަމައަށް ހަދާފައިވާ ޒަމާނީ ބިނާއެކެވެ. ތަން ފަރުމާކުރެވިފައިވަަނީ އެންމެ އުސް އިމާރާތެއްގެ ގޮތުގައެވެ. އެ ޓަވަރަކީ ދުނިޔެއިން 4 ވަނަ އަށް އެންމެ އުސް ޢިމާރާތުގެ ގޮތުގައި ފާހަގަ ކުރެއެވެ. މި ޓަވަރަކީ ދުނިޔެއިން، ދެވަނައަށް އެންމެ އަގުބޮޑު އިމާރާތެވެ. އެހެނީ އެތަން ހެދުމަށް 15 ބިލިއަން ޔޫއެސް ޑަލަރު ޚަރަދު ކޮށްފައިވެއެވެ. އެ ބިނާގައި ބަހައްޓާފައިވާ މަޝްހޫރު ބޮޑު ގަޑީގެ އުސްމިނަކީ 187 ފޫޓެވެ.

Best Price on Makkah Clock Royal Tower, A Fairmont Hotel in Mecca ...

މައްކާއަށް ދާ މީހުންގެ ސަމާލުކަން ހުއްޓޭ މިފުރިހަމަ ބިނާގައިވާ ގަޑީގެ ސަބަބުން ޙަރަމްފުޅުގައި އަޅުކަމުގައި އުޅޭ ފަރާތްތަކަށް ވަގުތު ބެލުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ. އަދި މިއިމާރާތަކީ މުސްލިމުންގެ އިމާރާތްކުރުމުގެ ފަންނު ވަރަށް ފުރިހަމައަށް ދައްކައިދޭ، އިސްލާމީ ޤައުމެއްގެ ހައިބަތު ރަމްޒުކޮށްދޭ ބިނާއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު