13 ޑިސެންބަރު 2025

ޗައިނާގެ ފެކްޓްރީއެއްގަައި އެއްޗެއް ގޮވައިފި

ޗައިނާގެ އިރުދެކުނު ސަރަހައްދުގެ ޖިއާންޝީގައި ކެމިކަލް ޕްލާންޓެއްގައި ގޮވައިފިއެވެ. އެކަމުގެ ސަބަބުން ވައިގެ ތެރެއަށް ބޮޑެތި ކަޅު ދުންތައް ފެތުރެން ފަށައިފިއެވެ.

ޗައިނާގެ ސަރުކާރު ޓީވީ ސީސީޓީވީން ބުނާ ގޮތުގައި މި ގޮވުން ގޮވާފައި  ވަނީ ސިލިކަން ތެޔޮ އުފައްދާ ފެކްޓްރީ ޖިއަންގްސީ ކިއަންޓައި ނިއު މެޓީރިއަލްސްގެ ޕްލާންޓެއްގައި ގޮވައިގެންނެވެ. މި ޕްލާންތް ހުންނަނީ ގޫޝީ ސިޓީގައެވެ.

ޗައިނާގެ މީސްމީޑިއާ ޕްލެޓްފޯމް ވެއިބޯގައި މި އެނދުމުގެ މަންޒަރުތަކުގެ ވީޑިއޯ ދައުރުވަމުން ދާތަން ފެނެއެވެ. އަދި އާންމު ރައްޔިތުންވެސް އެ ތަނާ ދުރުތަންތަންނަށް ދިއުމަށް ފަޔާ ފައިޓަރުން ގޮވާލާ އަޑުތަކެއް އިވެއެވެ.

އެ ހާދިސާ ހިނގި ސަރަހައްދަށް ކުލި ހާލަތުގައި އެހީދޭ މީހުން ވަގުތުން ގިޮސް އެހީގެ މަސައްކަތް ފަށާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު