ޠާއިފުގެ ފިހާރައަކަށް ދިޔަ 7 އަހަރުގެ ޕާކިސްތާނު އަންހެން ކުއްޖަކު ރޭޕް ކުރުމާ ގުޅިގެން އެ އަމަލު ހިންގި މީހާ ހައްްޔަރުކޮށްފިއެވެ.
ސައުދީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 17 އަހަރުގެ އެފުރިކާ މީހެއް ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
އެ އަމަލު ހިންގި މީހާއަކީ، މީގެ ކުރިންވެސް ޖިނާޢީ ކުށްތައް ކުރަމުން އަންނަ މީހެއް ކަމަށް ސައޫދީ ފުލުހުން ހާމަކުރެއެވެ.
އެ އަންހެން ކުއްޖާއަށް ޗޮކްލެޓް ދިނުމަށްފަހު، އެކަހެރި ތަނަކަށް ގެންގޮސް އެ ނުބައި އަމަލު ހިނގީ ކަމަށް މައުލޫމާތު ލިބެއެވެ.
އެ އަންހެން ކުއްޖާ ގެއްލިގެން ހޯދާތާ 1 ގަޑިއިރު ފަހުން ފެނުނުއިރު، އެ ކުއްޖާވަނީ ލެއިން ތަތްތެޅި އެތައް ޖިސްމާނީ އަނިޔާތަކެއް ލިބިފައެވެ. ކިންގް އަބްދުލް އަޒީޒު ހޮސްޕިޓަލުގައި އެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަކަމަށް ސައުދީ ފުލުހުން ވަނީ ހާމަކޮށްފައެވެ.