Saturday, 13 April 2024

މިދިޔަ ސީޒަނުގައި އާމްދަނީގެ ގޮތުން ރޮނާލްޑޯ އެންމެ ކުރީގައި، ދެން މެސީ

ވިޔަފާރި ޚަބަރާއި މަޢުލޫމާތުގެ ތަފާސްހިސާބު ގެނެސްދޭ މަޝްހޫރު ފެބްސައިޓުން މިދިޔަ ސީޒަނުގައި ރޮނާލްޑޯއާއި މެސީއަށް ލިބުނު އާމްދަނީ ހާމަކޮށްފައިވާ އިރު، އާމުދަނީގެ ގޮތުން މިހާރު އެންމެ ކުރީގައި އުޅެނީ ރޮނާލްޑޯއެވެ.

ފޯބްސްއިން ހޮވާ ދުނިޔޭގައި އެންމެ ބޮޑު އާންމުދަނީއެއް ލިބޭ އެތްލީޓުންގެ ލިސްޓުގެ އެންމެ ކުރިއަށްއަރައިގެން ރޮނާލްޑޯއަށް ވަނީ އެންމެ ބޮޑު އާންމުދަނީއެއް ހޯދި އެތްލީޓުގެ ގޮތުގައި އަރާފައެވެ.

ރޮނާލްޑޯއަށް މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ މެއި މަހުގެ ނިޔަލަށްވަނީ 136 މިލިއަން ޑޮލަރު އާންމު ދަނީގެ ގޮތުގައި ލިބިފައެވެ.

ރޮނާލްޑޯއަށް އަމްދަނީގެ ގޮތުގައި ލިބިފައިވާ 136 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ، ކުޅެގެން ހޯދި 46 މިލިއަން ޑޮލަރާއި ކުޅުމުން ބޭރުން ހޯދާފައިވާ 90 މިލިއަން ޑޮލަރެވެ.

މިލިސްޓުގެ އެންމެ ކުރީގައި މިދިޔަ އަހަރު އޮތް އާޖެންޓީނާގެ ލިއޮނެލް މެސީއަށް މިފަހަރު ލިބިފައިވަނީ 130 މިލިއަން ޑޮލަރެވެ.

މެސީއަަށް އަމްދަނީގެ ގޮތުގައި ލިބިފައިވާ 130 މިލިއަން ޑޮލަރު ބެހިފައިވަނީ ކުޅުމުގެ ތެރެއިން ހޯދި 65 މިލިއަނާއި ކުޅުމުން ބޭރުން ހޯދި 65 މިލިއަންގެ ގޮތުގައެވެ.

މިދިޔަ ސީޒަންގައި ތިންވަނައަށް ދިޔަ ފަރަންސޭސިވިލާތުގެ ކިލިއަން އެމްބާޕޭއަށް ލިބިފައިވަނީ 120 މިލިއަން ޑޮލަރެވެ. އަދި އޭނާއަށް ލިބުނު އާންމުދަނީގެ 100 މިލިއަން ޑޮލަރު ލިބިފައިވަނީ ކުޅުމަށް ކަނޑައެޅުނު ފައިސާއިންނެވެ.

ފޯބްސްގެ ލިސްޓުގެ ހަތަރު ވަނައަށް ދިޔައީ އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޮން ޖޭމްސްއެވެ. އޭނާއަށް ލިބިފައިވަނީ 119 މިލިއަން ޑޮލަރެވެ. އެހެންކަމުން އޭނާއަކީ މިވަގުތު އެންމެ ބޮޑު އާންމުދަނީއެއް ލިބޭ ބާސްކެޓްބޯޅަ ކުޅުންތެރިޔާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *