މިހާރު އެންމެ ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރު ކުރާނެ އެއް ފިލްމަކަށް ވާނީ އޮގަސްޓު މަހުގެ 6 ވަނަ ދުވަހު އައި ފިލްމްސްއިން ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު 'ނީނާ' އެވެ.
ފިލްމުގެ މެއިން ޓްރެއިލާ މިހާރު ރިލީޒް ކޮއްފައިވާއިރު, ފިލްމު ބަލާލުމުގެ ޝައުގުވެރިކަން އިހުނަށްވުރެ ބޮޑު ވެގެން ދާނެއެވެ.
ނީނާާ އަކީ އައި ފިލްމްސް ގެ ދެވަނަ ފީޗާ ފިލްމަށް ވާއިރު, މިޓީމުގެ އުންމީދަކީ އައި ފިލްމްސްގެ ފުރަތަމަ ފިލްމު 'ބަވަތި' އަށް ގޮންޖަހާލެވޭ ވަރުގެ ފިލްމަކަށް މި ފިލްމު ވެގެން ދިއުމެވެ.
ނީނާ އަކީ ރިވެންޖް ސްޓޯރީއަކަށް ވާއިރު, މިއީ އެކްޝަން ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން ކޮންމެހެންވެސް ބަލާލަން ޖެހޭނެ ފިލްމެކެވެ.
ސަބަބުތައް ބައިވަރެވެ.ފިލްމުގެ ބަތަލާ ނުޒުހަތު ޝުޢައިބް (ނުޒޫ) ފެންނަ ގޮތް ކިތަންމެހައިވެސް ތަފާތެވެ.ފިލްމުގައި ނުޒޫގެ ތިން 'ލުކެއް' ފެންނައިރު މިއީ މީގެ ކުރިން ނުޒޫ ކުޅެފައިވާ އެހެން ރޯލު ތަކާ މުޅީން ތަފާތު ރޯލެއްކަން ދޭހަވެއެވެ.ފިލްމުގެ ލީޑް ރޯލުން ދެން ފެންނާނެ ފަރާތަކީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ނަން ހިނގާ އެއް ފަންނާނު ކަމަށްވާ ޝަރަފް ޢަބުދުﷲ (ޝަރަފް) އެވެ.ޝަރަފްގެ ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ބަލާލަން ލިބިފައިވީ ނަމަވެސް ފާހަގަ ކޮއްލަން ޖެހޭ ކަމަކީ ނީނާ އަކީ ޝަރަފް ފުރަތަމަ ކުޅެފައިވާ ފިލްމުކަމެވެ.
ނީނާގައި މާޝަލް އާރޓްސްގެ ގިނަ ޓެކުނިކްސް ތަކެއް ބޭނުން ކޮއްފައިވާއިރު މި ފިލްމުގައި ގިނަ އަދަދަކަށް ´އެފް އެކްސް މޭކަޕް ބޭނުން ކޮއްފަިވާކަން ފާހަގަ ކޮއްލަން ޖެހެއެވެ.މި ފިލްމުގެ މޭކަޕްތައް ވެސް ކޮއްފައިވަނީ އައި ފިލްމްސްގެ އެހެނިހެން މަސައްކަތް ތަކުގައިވެސް ހަރަކާތްތެރިވެފައިވާ ރުތުބާ އަހުމަދެވެ.
ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ގެ ވާހަކަ ދައްކައިނުލާ މި އާާޓިކަލް ނިންމާލަން ވާނީ ދަތި ކަމަކަށެވެ. އިއްލެގެ ކޮންމެ ޑައިރެކްޝަނަކުން ވެސް އަދި ފިލްމަކުން ވެސް ތަފާތު ކަމެއް ފެނިގެން ދެއެވެ.އެގޮތުން ބަވަތި,ބިރުވެރި ވާހަކަ އަދި މަޒްލޫމް ފަދަ މަސައްކަތްތައް ކިތަންމެހައިވެސް ތަފާތުވެފައި ފުރިހަމަ އެވެ. ނީނާއަށް އިންތިޒާރުކުރެވޭ ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ.
ފިޔަ އޮންލައިންގެ ފަރާތުން އައި ފިލްމްސް ގެ ޓީމަށް އެދެނީ ކާމިޔާބީއެވެ.