Friday, 11 October 2024

ވެރިފައިވުން ބޮޑު ސަކަރާތަކަށް

ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި, ވިޔަފާރިތަކުން އެމީހުންގެ އަސްލު އައިޑީކަން ރަމްޒުކޮށްދިނުމަށް 'އިންސްޓެގްރާމް' އަދި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓުފޯމްތަކުގައި ބޭނުންކުރާނެ އެކައްޗަކީ ވެރިފިކޭޝަން ޓިިކް ނުވަތަ 'ބްލޫ ޓިކް' އެވެ. މިކަމުގެ ސަބަބުން ފޭކް އެކައުންޓްތަކުން އެމީހުންގެ އަސްލު އެކައުންޓް ސަލާމަތްވެ, އާންމުންނަށް އެ ފަރާތްތައް ފަސޭހައިން ފާހަގަވާނެއެވެ. މިދައްކަނީ ދުނިޔޭގެ އެކި ހިސާބުތަކުގަައި 'ޕަޕަރާޒީން' ގެ އުނދަގުލާ އެކީ އުޅޭ, ދުނިޔޭގެ ނިސްބަތުން ނަން މަޝްހޫރު ފަންނާނުން ނުވަތަ ބުރޭންޑްތަކުގެ ވާހަކައެވެ.

މީގެ އަހަރުތަކެއްގެ ކުރީން އާދެ, ދިވެހިރާއްޖޭގެ ކުޅަދާނަ ލަވަ ކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ގެ އިންސްޓެގްރާމް އެކައުންޓް ވެރިފައި ވެފައިވާއިރު, ހައިރާން ކޮށްލާ ކަމަކީ އެއީ ރާއްޖެއިން ވެރިފައިވެފައިވާ ހަމައެކަނި ފަންނާނުކަމެވެ. އެފަހުން ދާދި އިހަކަށް ދުވަހު މުޅި ސޯޝަލް މީޑިއާ ސިއްސުވާލި އެއް ޚަބަރަކީ މަޝްހޫރު އެކްޓެރެސް މަރިޔަމް އައްޒަ އަދި އެކްޓަރ އަލީ ސީޒަންގެ އިންސްޓެގްރަމް އެކައުންޓް ވެރިފައިވީ ޚަބަރެވެ. އައްޒަ އަކީ ރާއްޖޭގެ ބޮޑު ފޭން ބޭސް އެއް އޮތް ފަންނާނެއް ކަމުން އޭނާ މިކަން ވަނީ އިންސްޓެގްރާމް އިން ފޭނުންނަށް އަންގާފައެވެ. މިއާ އެކު އިތުރު ފަންނާނުންތަކެއްގެ އަކައުންޓް ވެސް ވެރިފައިވެފައިވާއިރު, ޓިކްޓޮކް ތަރި އަދި އެކްޓަރ މުޙައްމަދު އިޝްފާން, ނަތާޝާ ޖަލީލްގެ އިތުރުން އަޅުގަނޑުމެން އެންމެން ދަންނަ ޝަޔާން ޝާހިދް (ޝާއްކޮ) ހިމެނެއެވެ.

މީ އަޅުގަނޑުމެން ދަންނަ އެބަޔަކަށް ރާއްޖޭގެ ގިނަ ބަޔަކު ފޮލޯ ކުރާ ފަންނާނުންތަކަކަށް ވިޔަސް, ދެހާސް ފޮލޯވާސް ތިބޭ އާދައިގެ މީހުން ވެސް ވެރިފައިވާތަން އެބަފެނެއެވެ. ސުވާލަކީ މިކަން ކުއްލިއަކަށް މެދުވެރިވާން ޖެހޭ ސަބަބެވެ.

އިންސްޓެގްރާމް ވެރިފިކޭޝާންއަކީ ވަކި ޝަރުތު ތަކަކާއި ހަމަތަކަކާއެކު ހާސިލު ކުރެވޭ އެއްޗެކެވެ. އެގޮތުން އެމީހަކީ އާންމުން ގިނައިން ސާރޗް ކުރާ މީހަކަށް ވުމާއި, އެމީހަކާ ބެހޭގޮތުން ޚަބަރެއް ލިޔެވިފައިވުމުގެ އިތުރަށް, އިންސްޓެގްރާމުން ޤަބޫލު ކުރާ ފެންވަރަށް ފޮލޯވާސް ހުރުމަކީ ކޮންމެހެންވެސް މަޖުބޫރުކަމެކެވެ.

ކަން މިހެން އޮތް ނަމަވެސް އެކަމަށް ފައިސާ ޚަރަދު ކޮށްގެން ވެރިފައިކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. މިކަން ކުރާއިރު އެންމެން ވެސް ވިސްނަން ޖެހޭނެ ކަމަކީ މިފަދަ ކަންކަން ކޮށްދޭ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭ 'ސްކޭމާރސް' އުޅޭކަމެވެ. މިހެންކަމުން، ބޭކާރު ގޮތެއްގައި ތިމާގެ އަތުން ބޮޑު ލާރި ގަނޑެއް ދިޔުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.

މީގެ ކުރީން ފޭކް ފޮލޯވާރސް ހޯދައިދީ މަކަރާ ހީލަތުން ފައިސާ ހޯދުމުގައި ވެސް އެތަކެއް އަމިއްލަ ފަރާތްތަކެއް ޝާމިލުވި އިރު, އެގޮތަށް ޚަރަދު ކޮށްގެން ފޮލޯވާސް ހޯދަން އުޅުނު ގިނަ މީހުންނަށް މިކަމުގެ ކެހި ވަނީ ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު