ވާތް ފަރާތުގައި މައުރޫފް އަޙްމަދު (މާއްޓޭ)

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުން މާއްޓޭ ވަކިކޮށްފި

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުން، މައުރޫފް އަހުމަދު (މާއްޓޭ) ވަކިކޮށްފިއެވެ.

އޭނާ ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މާއްޓޭއަކީ، ކުރީގެ ރައީސް އަދި އެމްޑީޕީން ވަކިވެވަޑައިގެން ދާދި ފަހުން ޑިމޮކްރެޓްސް ޕާޓީ އަށް ސޮއިކުރެއްވި މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

އެމްޑީޕީގެ މީޑިއާ އަށް ހާއްސަކޮށްފައިވާ ވަޓްސްއެޕް ގްރޫޕަށް ރޭ ވަނީ މާއްޓޭގެ އިސްތިއުފާގެ ސިޓީއެއް ހިއްސާ ކޮށްފައެވެ.

ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މާއްޓޭ އިސްތިއުފާ ދެއްވާ ވާހަކައެއް ކުރިން އަންގަވާފައިވީނަމަވެސް އިސްތިއުފާގެ ސިޓީ ބޯޑަށް ހުށަހަޅާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން މާއްޓޭ ވިދާޅުވެފައިވަނީ، ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އޭނާ ވަކި ކުރި ކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އިސްތިއުފާ ދެއްވަން ނިންމެވީ މި ވަގުތު ހާލަތު ހުރި ގޮތުން ކަމަށެވެ.

މާއްޓޭ މަގާމުން ވަކި ކުރި އިރު، ސަރުކާރުގެ ފަރާތުން ވަނީ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް، ކުޅިވަރުގެ ގާނޫނަށް އިސްލާހު ތަކެއް ހުށަހަޅައި، އެ ބިލް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މަރުޙަލާގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ