18 ޖަނަވަރީ 2025

އިމްރާން ހާނަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އިމްރާން ހާންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން،  100،000 ރުޕީސްއިން ޖޫރިމަނާކޮށްފައިވެއެވެ. ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ އިތުރު ހަ މަސް ޖަލުގައި ބެހެއްޓުމަށް ވަނީ ހުކުމްކޮށްފައެވެ. އެހެންވެ، އިމްރާން ހާން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

2018 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ޕާކިސްތާންގެ ބޮޑުވަޒީރުކަމުގެ މަގާމުގައި އިމްރާން ހާންއާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައި ވަނީ އެ ގައުމުގެ އިންތިހާބާ ބެހޭ އިދާރާ އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ރިޕޯޓްކުރެވިފައިވެއެެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ، ވެރިކަމުގައި ހުންނެވިއިރު އެކި ގައުމުތަކުން ހަދިޔާގެ ގޮތުގައި ލިބިފައިވާ އަގު ބޮޑެތި ތަކެތި، ރަޖިސްޓަރީ ނުކޮށް، އެ ތަކެތި ވިއްކައިގެން ވިޔަފާރީގެ ނަފާ ހޯއްދެވި ކަމުގެ ދައުވާ ކަމަށް ވިޔަސް، އޭނާ މި ދައުވާ އަށް އިމްރާން އިންކާރު ކުރައްވައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން، 70 އަަހަރުފުޅުވެފައިވާ އިމްރާން ވަކިކޮށްފައި ވަނީ،  2022 ވަނަ އަހަރު އޭނާއާ ދެކޮޅަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓަކަށް ފަހުއެވެ.

އޭގެފަހުން ޕާކިސްތާނުގެ ސަރުކާރުން ވަނީ އޭނާއާ ދެކޮޅަށް ގިނަ ދައުވާތަކެއް އުފުލާފައެވެ. ދެން، އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، އިންތިޚާބު އަވަސްކޮށް، އަލުން ވެރިކަމަށް ވަޑައިގަންނަވާށެވެ. އަދި، މި ކަމަށް ބާރުއެޅުމުގެ ގޮތުން އޭނާގެ ޕާކިސްތާން ތަހްރީކުއް-އިންސާފް (ޕީ.ޓީ.އައި) ޕާޓީން ދަނީ ބޮޑެތި މުޒާހަރާތަކެއް ބާއްވަމުންނެވެ.

މިދިޔަ މެއި މަހު ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އިމްރާން ހައްޔަރުކުރީ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން ކަމަށް ވިޔަސް، އޭގެ ދުވަސްކޮޅެއްގެ ފަހުން ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ.

އިމްރާން އެންމެ ފަހުން ހައްޔަރުކުރީ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން މިދިޔަ ހަފްތާ އަންގާރަ ދުވަހުއެވެ.

އޭނާ ހައްޔަރުކުރުމުން، އެތައް ހާސް ސަޕޯޓަރުން ވަނީ އެތައް އިމާރާތެއްގައި ހަމަލާދީ އަލިފާން ރޯކޮށްލައިފައެވެ. މުޅި އެ ގައުމުގައި އެކި ސަރަހައްދުތަކުގައި ހިނގި މިފަދަ ހަމަނުޖެހުންތަކުގައި އަށް މީހަކު މަރުވެފައިވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު