އިންޑިއާގެ އަސްކަރީ ޑްރޯންތަކުގައި ޗައިނާގެ އެއްވެސް އުފެއްދުމެއް ހިމެނުން މަނާ!

އަވައްޓެރި އިންޑިޔާގައި އުފައްދާ އަސްކަރީ ދަރަޖައިގެ ޑްރޯންތަކުގައި، ޗައިނާގެ އުފެއްދުންތައް ބޭނުންކުރުން އެ ޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

ރޮއިޓާސް ބުނާ ގޮތުން އިންޑިއާއިން މިފަދަ ފިޔަވަޅެއް އެޅީ ޤައުމީ ސަލާމަތް ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި، އިންޑިޔާގެ ސެކިޔުރިޓީ ފިޔަވަޅުތައް ވަރުގަދަކުރުމަށްޓަކައެވެ.

އިންޑިޔާ އާއި ޗައިނާއަކީ ދުނިޔޭގެ ސިޔާސަތުގައި ބަސްބުނުމުގައިވެސް ނުފޫޒުގަދަ، އަދި ވާދަކުރަމުންދާ ދެ ގައުމު ކަމަށްވާއިރު، އަސްކަރީ ވާދަވެރިކަމުގައި ދެ ގައުމަކީ ވެސް ނުރައްކާތެރި ނިއުކްލިއާ ބާރު ލިބިފައިވާ ދެ ގައުމެވެ. އިންޑިއާ އާއި ޗައިނާ އަކީ ބޯޑަރު ހިއްސާކުރާ ވާދަވެރި ދެ ގައުމު ކަމުން މިފަދަ ފިޔަވަޅެއް އެޅުމަށް އިންޑިޔާއަށް މުހިއްމުކަން ވަނީ އެނގިފައެވެ. އެހެނީ، ހިމާލިޔާގައި ދެ ގައުމުގެ ސަރަހައްދީ އިން ވަކިކުރެވިފައިވާ ސަރަޙައްދަކީވެސް ދެ ޤައުމާވެސް އެހާ ކައިރި ހިސާބެކެެވެ. އެ ދެ ޤައުމަކީ އިޤްތިސާދީ، އަސްކަރީ އަދި ސައިންސާއި ޓެކްނޮލޮޖީއަށް ބެލި ނަމަވެސް އެއްބަޔަކު އަނެއް ބަޔަކަށް ތަން ފުކެއްވެސް ދޫ ނުކުރާނެ، ކުރިއަރާފައިވާ ދެ ޤައުމެވެ.

ޗައިނާގައި އުފައްދާ ހާޑްވެއާ އިންޑިއާގައި އުފައްދާ ޑްރޯންތަކުގައި ބޭނުންކުރުމުން އެ ޑްރޯންތަކުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަމަށް އިންޑިއާއިން ބުނެފައިވާއިރު، އަދި ޗައިނާއިން ހާޑްވެއާ އުފައްދަނީ އޭގެ ކޮންޓްރޯލް ޗައިނާއަށް އޮންނަ ގޮތަށް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ