އިޒުރޭލް ސިފައިން ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ މުޖާހިދެއް

ޔަހޫދީ ޖައްބާރު ސިފައިން ފަލަސްޠީނުގެ މުޖާހިދެއް ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ޔަހޫދީ ޖައްބާރު ސިފައިން އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދުކުރާ މުޖާހިދެއް ޝަހީދުކޮށްލައިފިއެވެ. ޔަހޫދީ ޓެރަރިސްޓުން އަރައި އުދުވާން ހިންގާފައި ވަނީ ހުޅަނގު އައްސޭރިގެ ނާބުލުސްގެ ހުޅަނގުން އޮންނަ ސަރަޙައްދެއްގައެވެ.

ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނީ ޔަހޫދީންގެ ހަމަލަތަކުގައި ޝަހީދުކޮށްލާފައި ވަނީ 27 އަހަރުގެ އާމިރު އަޙްމަދު މުޙައްމަދު ޚަލީފާ ކަމަށާއި، ޔަހޫދީ ޓެރެރިސްޓު ސިފައިން އޭނާގެ ބޮލަށާއި ބުރަކަށްޓަށް ބަޑިޖަހާފައިވާ ކަމަށެވެ. ނަަމަވެސް، ޔަހޫދީން ބުނީ ޚަލީފާއަށް ހަމަލަދިނީ އޭނާ އިސްވެ ޔަހޫދީ ސިފައިންނަށް ހަމަލާދިނުމުން އެ ކަމުގެ ރައްދުގައި ކަމުގައެވެ.

ޚަލީފާ ހޯދައި ޝަހީދުކޮށްލަން ޔަހޫދީ ޓެރެރިސްޓު ސިފައިން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މަސައްކަތް ފަށާފައިވާ ކަމުގައި ވެސް އެ ރިޕޯޓްތައް ބުނެއެވެ.  ޔަހޫދީ ޓެރެރިސްޓު ސިފައިންނަށް އަމާންދޭން އޭނާ ބޭނުން ނުވީކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީ އިސްރާޢީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން މި އަހަރުގެ މިހާތަނަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީން މީހުންގެ ޢަދަދު މިހާރު ވަނީ 213 އަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. ޖުލައި މަހުގެ ކުރީކޮޅު ޔަހޫދީ ސިފައިން ޖިނީން ރެފިއުޖީ ކޭމްޕުގައި ހިންގި އުދުވާންތަކެއްގައި ވެސް ފަލަސްޠީނުގެ 12 މީހުން ޝަހީދުކޮށްލިއެވެ. އަދި، އެ ކޭމްޕު ސުންނާފަތިކޮށްލިއެވެ.

ޔަހުދީ އިސްރާޢީލުގެ އިސްތިޢުމާރީ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހުޅަނގު އައްސޭރި އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު