ގަރުނެއްވެފައިވާ މިސްކިތެއް ވެއްޓި ހަތް މީހުން މަރުވެއްޖެ

 

ނައިޖީރިޔާގައި މިސްކިތެއްގެ ބައެއް ވެއްޓި ހަތް މީހުން މަރުވެއްޖެއެވެ. މި ހިތާމަވެތި ހާދިސާގައި، ވެއްޓިފައި ވަނީ ޒާރިޔާ ސެންޓްރަލް މިސްކިތުގެ ބައެކެވެ. މި ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމަަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގި ވަގުތު މިސްކިތުގައި ސަތޭކައަށްވުރެ ގިނަ މީހުން ނަމާދު ކުރަން އަރާ ތިބި ކަމަށް ޚަބަރު ލިބެއެވެ.

ވެއްޓިފައިވާ ޢިމާރާތުގެ ބައިތަކުގެ ދަށުން ގިނަ ޢަދަދެއްގެ ބަޔަކު ސަލާމަތް ކޮށްފައިވާއިރު، ކޮންކްރީޓާއި ގައުކުނޑީގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު މީހުން ސަލާމަތް ކުރަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި  މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ޚަބަރު ލިބެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެފައެއް ނުވެއެވެ. މި ޙާދިސާގެ ތަހުޤީޤު ފަށާފައިވާ ކަމުގައި ނައިޖީރިޔާގެ ސަރުކާރުން ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރެނދު އަޅާފައިވާ ފާރު މަރާމާތު ކުރުމުގެ މަސައްކަތް އިންޖިނޭރުންގެ ޓީމަކާ ހަވާލުކޮށްފައި ވަނިކޮށް ކަމުގައި ވެސް ބާމިލީ ވިދާޅުވިއެވެ. ވެއްޓިފައިވާ މިސްކިތަކީ މީގެ ގަރުނެއް ކުރިން ބިނާކޮށްފައިވާ މިސްކިތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ