30 އެޕްރީލް 2025

ޗައިނާގައި ކިސަޑު ފައިބާ 21 މީހުން މަރުވެއްޖެ

ޗައިނާގެ  ޝިއާނަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ހިނގި ކިސަޑު ފޭބުމުގެ ހާދިސާއެއްގައި މަރުވި މީހުންގެ ޢަދަދު 21 އަށް އަރައިފިއެވެ. މި ހާދިސާ ހިނގާފައި މި ވަނީ  މޫސުން ގޯސްވެ ޗައިނާގެ ބޮޑު ސަރަޙައްދަކަށް ބޯކޮށް ވާރޭ ވެހެމުންދާ ދަނޑިވަޅެއްގައެވެ. މި ޙާދިސާގައި، ހަ މީހަކު ގެއްލިފައިވާ ކަމަށް ބަލައި، އެ މީހުން ހޯދައި ސަލާމަތް ކުރަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މި ޙާދިސާގައި ބައެއް ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކިސަޑު ފޭބުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އަވަށުގައި ޢާންމުންގެ ގެދޮރާއި، އެހެން ޢިމާރާތްތައް ވެސް ވަނީ ވެއްޓިފައެވެ.

މި ވަގުތު ބޯކޮށް ވާރޭވެހެމުން ދަނީ އިރުމަތީ އޭޝިޔާގެ ސަރަޙައްދުތަކުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ކަނޫންގެ ސަބަބުން ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެ

ލިއައޮނިންގ ޕުރޮވިންސުގެ ސަރަޙައްދުތަކަށް ގަޑިއަކު 52 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

ޝާންޝީއާއި ލިއައޮނިންގގެ އިތުރުން ޓިއަންޖިން އަދި ޗޮންގްޗިންގ ޕުރޮވިންސުގެ ސަރަޙައްދުތަކަށް ވެސް އެ ތޫފާނުގެ އަސަރުތައް ދަނީ ކުރަމުންނެވެ. އަދި، ގިނަ ރަށްތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު