ސައުދީގައި ދިރިއުޅެމުންދިޔަ، އެމެރިކާގެ ރައްޔިތެއް އޭނާގެ ބައްޕަ މަރާލުމުން، ސައުދީޢަރަބިއްޔާއިން އޭނާގެ މައްޗަށް ދައުވާ އުފުލައި، ޤަސްތުގައި މީހަކު މަރާލިކަމަށް ކުށް ސާބިތުވުމުން އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފިއެވެ.
އޭނާ ވަނީ އޭނާ ބައްޕަ މަރާލުމުގެ އިތުރުން އެހެން މީހަކުވެސް މަރާލާފައެވެެ. އޭނާގެ މައްޗަށް އެމީހާ މަރާލިކަމުގެ ކުށްވެސް ވަނީ ސާބިތުވެފައެވެ.
ސައުދީގެ އިންޓީރިއާ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައްޔިތަކީ ބިޝޯއީ ޝަރީފް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ އޭނާގެ ބައްޕަގެ މޫނުމަތީގައި ހިލަގަނޑަކުން ޖަހާ މަރާލާފައިކަމަށް އެ މިނިސްޓްރީންް ބުނެއެވެ.
އަދި އޭނާގެ ބައްޕަ މަރާލުމަށްފަހު، އޭނާގެ ބައްޕައަށް އަނިޔާކޮށް ހަދާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އޭނާ ވަނީ މަސްތުގެ ޙާލަތުގައި ހުރެ އެހެން މީހަކުވެސް މަރާލާފައިކަމަށް އިންޓީރިއާ މިނިސްޓްރީން ހާމަކުރެއެވެ.
އޭނާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޡުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެހެނީ ދަށު ކޯޓުން އިއްވި ޙުކުމަށް ތާޢީދުކޮށް އެ ޤައުމުގެ ސުޕްރީމް ކޯޓުންވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އަދި އެ ޤައުމުގެ ރޯޔަލް ކޯޓުން އޭނާއަށް މަރުގެ ޙުކުމް ތަންފީޡުކުރުމުގެ ހުއްދަދިނެވެ.