18 ޖަނަވަރީ 2025

ކޭބަލް ކާރުގައި ތާށިވި މީހުން ސަލާމަތްކޮށްފި

ޕާކިސްތާނުގެ އުތުރުގައި ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ކޭބަލް ކާރެއް ހުއްޓި، އޭގައި ތާށިވި ހަތް ކުދިންނާއި ބޮޑު މީހެއް ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ކޭބަލް ކާރުގެ އެއް ވައު ކެނޑުމާ ގުޅިގެންނެވެ. މި ހާދިސާގައި ކާރުގައި ތާށިވެފައި ވަނީ މުދައްރިސަކާއި ހަތް ދަރިވަރުންނެވެ. އެފަރާތްތައް ތާށިވި ސްކޫލަށް ދަތުރު ކުރި މަގުމަތީގައެވެ.

ކޭބަލް ކާރުގައި ތާށިވި މީހުންގެ ތެރެއިން ހަތަރު ކުއްޖަކު ސަލާމަތް ކޮށްފައި ވަނީ އަސްކަރީ ހެލިކޮޕްޓަރެއް ބޭނުންކޮށްގެންނެވެ. ބާކީ ތިބި ކުދިންނާއި މުދައްރިސް ސަލާމަތް ކޮށްފައި ވަނީ ކޭބަލް ކާރު ކައިރިއަށް ޕްލެޓްފޯމެއް ގެންގޮސްގެންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ކުރަމުންދާ ކަމުގައި ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވެއެވެ. މި ތަހުޤީޤުގެ ދަށުން ކޭބަލް ކާރުގެ ޚިދުމަތްދޭ ކުންފުނީގެ ހަތަރު އޮފިޝަލަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު