15 ޖަނަވަރީ 2025

އިންޑިޔާގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓި، 22 މީހުން މަރުވެއްޖެ

އިންޑިޔާގައި ރޭލު ދަތުރުކުރަން ހަދަމުން ދިޔަ ބްރިޖެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި 22 މީހުން މަރުވެއްޖެއެވެ.

"އަލްޖާޒީރާ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އިތުރުއިރުމަތީ ސްޓޭޓެއް ކަމަށްވާ މިޒޯރަމްގެ ފަރުބދަމަތީގެ އަވަށެއް ކަމަށްވާ ސައިރަންގު އަވަށުގައެވެ.

ބްރިޖް ވެއްޓުނު އިރު، ސައިޓްގައި 40 މީހަކު މަސައްކަތްކުރަމުން ދިޔަކަަމަށާއި، ނަމަވެސް އެ ވެއްޓެން ދިމާވި ސަބަބެއް އަދި ސާފުވެފައި ނުވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ތަނބުތަކެއްގެ ޖަހައި، އޭގެ މަތިން ރޭލު ހުރަސްވާ ގޮތަށް ހަދަމުން ދިޔަ ބްރިޖް ވެއްޓި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އެ މަސައްކަތުގައި އުޅުނު މީހުންކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބެލުމަށްޓަކައި ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެކަން އަންނަނީ އިތުރަށް ތަހުގީކުރަމުންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ސަރުކާރުން މިހާރު ވަނީ މަރުވި މީހުންގެ އާއިލާތަކަށް ބަދަލެއްގެ ގޮތުގައި ކޮންމެ އާއިލާއަކަށް 2،400 ޑޮލަރު ދޭން ނިންމައިފައެވެ.

އިންޑިއާގައި މި ފަހަކަށް އައިސް ބްރިޖްގެ ތަފާތު ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު