ފިޔާގެ އަގު އުފުލިއްޖެ

އިންޑިއާ އިން ފިޔާ ލިބުން ތާށިވެ،  އެ ޤައުމުގައި ފިޔާގެ އަގު ބޮޑުވުމާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އިއްޔެ އިން ފެށިގެން އުފުލިއްޖެއެވެ.

މީގެ ދެ ދުވަހެއްގެ ކުރިން،. 25 ކިލޯގެ ފިޔާ ބަސްތާއެއް 225ރ. އަށް ލިބެން ހުއްޓަސް އިއްޔެ އިން ފެށިގެން ފިޔާ ބަސްތާއެއް ލިބެން ހުރީ 350ރ. އަށެވެ. އެހެންކަމުން ކިލޯއަކުން 5ރ،. ބޮޑުވީއެވެ.

ފިޔާގެ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން މިހާރު ވަނީ ފިޔާގެ އެކްސްޕޯޓް ޑިއުޓީ 40 ޕަސެންޓަށް ބޮޑުކޮށްފައެވެ. ދުނިޔޭގައި ފިޔާގެ އެންމެ ބޮޑު އެކްސްޕޯޓެއް އޮންނަ އިންޑިއާއިން ފިޔާގެ އެކްސްޕޯޓް އަގު ބޮޑުކުރީ އެ ގައުމަށް ބޭނުންވާ ވަރަށް މި ދުވަސްވަރު ފިޔާ ލިބެން ނެތިގެންނެވެ..

ހޯލްސޭލްކޮށް ފިޔާ އެކްސްޕޯޓް ކުރާ އަގު މިދިޔަ ޖުލައި މަހުން އޮގަސްޓުގެ ނިޔަލަށް 20 ޕަސެންޓަށް މައްޗަށް ޖެހިފައިވާއިރު، އިންޑިއާ އިން 100 ކިލޯގެ ފިޔާ ބަސްތާއެއް ލިބެނީ 28.87 ޑޮލަރަށެވެ. އެއީ 444 ދިވެހި ރުފިޔާ އެވެ

އިންޑިއާއިން ފިޔާ އެކްޕޯޓްކުރާ ޤައުމުތަކުގެ ތެރޭގައި، ބަންގްލަދޭޝާއި ނޭޕާލް، މެލޭޝިއާ، ޔޫއޭއީ އާއި ލަންކާގެ އިތުރުން ރާއްޖެ ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު