ޓްރަމްޕް ޖަލަށް ލައިފި

2020 ވަނަ އަހަރު އޮތް އިންތިހާބުގައި ޖޯޖިއާގައި ނެގި ވޯޓުގެ ނަތީޖާ އޮޅުވާލައްވަން ޓްރަމްޕް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ޖަލަށްލައިފިއެވެ.

ޖަލަށް ގެންގޮސް ފުލުހުންގެ ބޭނުމަށް ނެގި ރަސްމީ ފޮޓޯ އާންމު ކޮށްފައިވެއެެވެ.

ޖަލަށް ގެންދާ ހުރިހާ ގައިދީންގެ ފޮޓޯ ނަގާ އުސޫލުން ނެގި ޓްރަމްޕްގެ ފޮޓޯގައި އޭނާ ހުންނަވަނީ ކޯފާވެ ރަތްވެފައެވެ. ޓްރަމްޕްގެ މި ފޮޓޯއަށް މީޑިއާތަކުގެ ސަމާލުކަން ވަނީ ލިބިފައެވެ.

ޓަރަމްޕުގެ މައްޗަށް ޝަރީއަތް ހިންގުމުގެ ކުރިން އޭނާ ކަފާލާތުގެ ދަށުން ނިކުމެވަޑައިގަންނަވަން 200،000 އެމެރިކާ ޑޮލަރުގެ ފީއެއް ދައްކަވަން ޖެހިވަޑައިގަނެއެވެެ.

މިއީ ފައިތުވި 5 މަސް ދުވަހުގެ ތެރޭގައި ޖިނައީ ތުހުމަތުތަކަށް ޓްރަމްޕް ހައްޔަރު ކުރި 4 ވަނަ ފަހަރެވެ. ނަމަވެސް މއީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ރެކޯޑް އާންމު ކުރި ފުރަތަމަ ފަރުވެސް މެއެވެ. މީގެ ކުރިން ހައްޔަރު ކުރި 3 ފަހަރުވެސް އޭނާ ވަނީ ވަގުތުން ދޫކޮށްލާފައެވެ.

ޓްރަމްޕް ވަނީ އެ ފޮޓޯ އެކްސްގައި ހިއްސާ ކުރައްވައި ކެޕިޓަލް އަކުރުން ލިޔުއްވާފައި ވަނީ 'އިންތިހާބަށް ނުފޫޒު، އަމާން ދިނުމެއް ނެތް' މިހެންނެވެ.

ޓްރަމްޕްގެ މި ފޮޓޯ އަކީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިފަދަ އެކި މައްސަލަތަކުގައި ހައްޔަރު ކޮށް ފޮޓޯ ނެގި 4 ބޭފުޅުންގެ ތެރެއިން އެކަކެވެ. މީގެ ކުރިން ފްރާންކް ސިނަޓްރާ އާއި އަލް ކެޕޯންގެ އިތުރުން ޑރ. މާޓީން ލޫދާ ކިންގް ޖޫނިއާގެ މިދަފަ ފޮޓޯ ނަގާފައި ވެއެވެ.

ޓްރަމްޕް ވިދާޅުވަނީ އޭނާގެ މައްޗަށް ދައުވާތަކެއް އުފައްދައިގެން އުޅެނީ ސިޔާސީ ބޭނުމުގައި ކަމަށާއި އަންނަ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑަންގެ މައްޗަށް އޭނާ ކުރި ހޯއްދަވާނެ ކަން އެނގޭތީއާއި އޭނާގެ މަގުބޫލުކަން ބޮޑުކަމުން ކަމަށެވެ.

ޖޯޖިއާގެ އިންތިހާބު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކޮށް ގެންދިޔަ ފުލްޓޮން ކައުންޓީ ޖަލުގައި ގާތްގަނޑަކަށް 20 އަކަށް މިނެޓް ބަންދުގައި ބެހެއްޓިއެވެ.

ޖަލުން ގެއަށް ވަޑައިގެންނެވުމުގެ ކުރިން އެއާޕޯޓުގައި ހުންނަވާ ޓްރަމްޕް ވިދާޅުވީ، އެ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވައި ޗެލެންޖް ކުރެއްވުމުގެ ފުރިހަމަ ހައްގު އޭނާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ ޤަބޫލު ކުރައްވާ ގޮތުގައި އެ އިންތިހާބުގެ ނަތީޖާ ވަނީ އޮޅުވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިގައުމުގާ ވޯޓުމަރުގާ ޖަލަކަންނުލާއެއީކީވެބާ ސޯލިހުވެސް ވެރިކަމަށްއައިސްއެހިރީ ވޯޓަށްވަރަށް ބޮޑުހިޔާނާތާއެކު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ