ރާއްޖޭގެ ރަސްމީ ޑޮލަރު އެކްސްޗޭންޖު ރޭޓްގެ އަގު 25 ރުފިޔާއަށް މަތިކޮށް ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށް އިންޑިޔާއިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވަނިކޮށް، ދިވެހިރާއްޖޭގައި އިންޑިއާ ރުޕީސް ބޭނުން ކުރަން މަގުފަހިކުރަން ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
ރާއްޖެ އާއި އިންޑިޔާ އާއި ދެމެދު ކުރާ ވިޔަފާރީގައި އިންޑިއާ ރުޕީސް ބޭނުން ކުރަން އިންޑިޔާއިން ހުށަހަޅާފައިވާއިރު، ދެގައުމުގެ ދެމެދުކުރާ މުއާމަލާތުތައް އެ ޤައުމެއްގެ ފައިސާއިން ކުރާގޮތަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
މިކަމުގެ ސަބަބުން އަބަދުވެސް ސަރަހައްދީ ޤައުމުތައް އިޤްތިސާދީ ގޮތުން އިސްތިއުމާރުކޮށް އަޅުވެތިކުރަން މަސައްކަތްކުރާ އިންޑިއާއަށް އެޤައުމުން އެދޭގޮތައް ރުޕީސް ބޭނުންކުރުމުގެ ހުއްދަ ލިބޭނެއެވެ.
އަންނަ ދައުރަކަށް ރައީސް ޞާލިހް ހޮވެއްޖެނަމަ ރާއްޖޭގެ ފައިސާ ގަނެ ވިއްކާ އަގު ދަށްކޮށް ރުފިޔާ އަކަށް 3 ރުޕީސްގެ މަގުން އިންޑިއާއަށް މިކަމުން ފައިދާވާނެއެވެ. މިހާރު ރުފިޔާއަކަށް 5 ރުޕީސް ލިބެއެވެ.
ރާއްޖޭގައި އިންޑިއާ ރުޕީސް ބޭނުންކުރެވޭނެ ފަދަ ސިޔާސަތެއް އެކުލަވާލުމަށް މަސައްކަތްކުރާއިރު ރާއްޖޭގެ ރަސްމީ ޑޮލަރު އެކްސްޗޭންޖު ރޭޓްގެ އަގު 25 ރުފިޔާއަށް މަތިކޮށް ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ލަފާދީފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މި މައްސަލައިގައި ސަރުކާރުގެ ބަހެއް އަދި އާއްމުކޮށްފައެއް ނުވެއެވެ.
މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18.50 ރުފިޔާގައެވެ.
އިންޑިއާއިން މިގޮތަށް ލަފާދީފައިވާ ކަމަށް އަޑުފެތުރޭއިރު، ދިވެހި ދައުލަތުގެ ޖުމްލަ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެކި ގޮތްގޮތުން އިންޑިއާއިން ނަގާފައިވާ ލޯނުތަކުންނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މިވަގުތު ވެރިކަމުގަ މިތިބަ އިންޑިއާގެ އޭޖެންޓުންގެ ކިބައިން ސަލާމަތްވާން ލިބިފައި މިވާ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ މި ލޮބުވެތި ވަތަން ދިވެހިންގެ އަތުން ބީވެދާނެ.
މިދެން ބޮޑު ޖޯކެއްނުް. އޮޅުވައިލޮޔަސް ތަންކޮޅެއއ ބޮޑު
ކޮންމެ ގޮތެއް ވިޔަސް ެޔޮ
ރައީސް ސޯލިހްކަމުދަނީ ހަމަ
ދެން ތިބީ ހުސއ ސޮހޮލުން