މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ޓައެކްވަންޑޯ ޓީމުން ފަސް މެޑަލް ހޯދައި ރާއްޖެ ތާރީޚުގެ ތެރެއަށް ގެންގޮސްދީފިއެވެ.
މިއަދު ރާއްޖޭގެ ފާތިމަތު އިބްރާހީމް (ފާތުން) ވަނީ 40 އަހަރުގެ ކެޓެގަރީގެ ޕޯމްސައޭ އިވެންޓުން ލޯ މެޑަލް ހޯދާފައެވެ.
އިއްޔެ ބޭއްވި އިވެންޓްތަކުން ގައުމީ ޓައެކްވަންޑޯ ޓީމުން ވަނީ ދެ ރިހި މެޑަލާއި ދެ ލޯ މެޑަލް ގެނެސްފަ އެވެ. ގައުމީ ޓައެކްވޮންޑޯ ޓީމުގައި ހިމެނޭ ފާތުން)ވަނީ ރިހި މެޑަލަކާއި ލޯ މެޑަލް އެއް ހޯދައިފަ އެވެ. ފާތުން ރިހި މެޑަލް ހޯދާފައިވަނީ އަންހެނުންގެ -53 ކިލޯގުރާމް ކެޓަގަރީންނެވެ. ހަމައެހެންމެ، ލޯ މެޑަލް ހޯދީ އަންހެނުންގެ -62 ކިލޯގުރާމް ކެޓަގަރީންނެވެ.
ރާއްޖެ ޓީމުގައި ހިމެނޭ އަނެއް އަންހެން އެތުލީޓު، ޖަންނަތު ޖަވާދު، ވަނީ -46 ކެޓަގަރީން ލޯ މެޑަލް ހާސިލްކޮށްފައެވެ. ރާއްޖޭން ދެން ހޯދި ރިހި މެޑަލް ހާސިލްކުރީ ފިރިހެނުންގެ 87 ކިލޯގުރާމުން ދަށުގެ ކެޓެގަރީން އަހުމަދު ފަޒީލެވެ
ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ފާތުމަތު އާއި ފަޒީލް ބަލިވީ މަޑަގަސްކަރައިގެ އެތުލީޓުން އަތުން 2-0 އިންނެވެ.
ގައުމީ ޓައެކްވޮންޑޯ ޓީމުގައި ހިމެނޭ އެހެން އެތުލީޓުންގެ ނަތީޖާތަކަށް ބަލާއިރު، ފިރިހެނުންގެ -54 ކެޓަގަރީގައި ވާދަކުރި މުހައްމަދު ސައިފް ޝާން އަބްދުﷲ އަށް ކުރިއަށް ދެވޭ ގޮތެއްނުވި އެވެ. ފިރިހެނުންގެ -63 ކިލޯގުރާމުން ކެޓެގަރީގައި ވާދަކުރި މުހައްމަދު ރޫދު އަހުމަދު ބަލިވީ ލޯ މެޑަލް މެޗުންނެވެ.