7 ފެބުރުވަރީ 2025

އައިއޯއައިޖީ 2023: ފިރިހެން ބެޑްމިންޓަން ޓީމް ރިހި މެޑަލް ހޯދައިފި

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓަން އިވެންޓުން ރާއްޖޭގެ ފިރިހެން ޓީމު ރިހި މެޑަލް ހޯދައިފިއެވެ.

ބެޑްމިންޓަން ޓީމަށް ރިހި މެޑަލް ލިބުނީ ފައިނަލުގައި މޮރިޝަސް އަތުން ބަލިވުމުންނެވެ. 2015 ވަނަ އަހަރުވެސް ފިރިހެން ބެޑްމިންޓަން ޓީމަށް ރިހި މެޑަލް ލިބުނީ ފައިނަލުގައި މޮރިޝަސް އަތުން ބަލިވުމުންނެވެ.

ފައިނަލު މެޗު މޮރިޝަސް އިން 3-0 އިން ކާމިޔާބުކުރިއިރު، ފުރަތަމަ ޓައިގައި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ ވަނީ މޮރިޝަސްގެ ޖޫލިއެން ޕައުލް އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ.

ދެވަނަ ސިންގަލްސްގައި ރާއްޖޭގެ ނިބާލްވެސް ބަލިވީ ސީދާ ދެ ސެޓުންނެވެ.
އަދި ތިން ވަނަ ސިންގަލްސްގައި ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު ވަނީ ކެމްޓިޝް ނަންދާ އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ.

ފިރިހެން ޓީމް އިވެންޓުން ރާއްޖެއިން ރިހި މެޑަލް ހޯދިއިރު، އަންހެން ޓީމްވެސް ވަނީ ރިހި މެޑަލް ހޯދާފައެވެ. މިއީ އަންހެން ޓީމުން ބައިނަލްއަގްވާމީ މުބާރާތެއްގައި ހޯދި ފުރަތަމަ ރިހި މެޑެއްޔެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު