Friday, 11 October 2024

އައިއޯއައިޖީ 2023: މިކްސް ޓީމު ރިލޭއިން ރާއްޖެއަށް ބްރޯންޒް މެޑަލް

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެތުލެޓިކްސް 4 ގުނަ 400 މީޓަރު ދުވުމުގެ މިކްސް ޓީމު ރިލޭގައި ވާދަކޮށް ރާއްޖޭގެ ޓީމުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.

އެތުލެޓިކްސް ޓީމުން ހޯދި ތިން ވަނަ ހޯދި ރިލޭ ޓީމުގައި ހިމެނެނީ ހަސަން ސާއިދު، ހުސައިން ރިޒާ، ޒިވާ މޫސާ ޝަފީއު އަދި އައިޝަތު ހިމްނާ ހަސަންއެވެ.

އިއްޔެ އޮތް ރިލޭ ރާއްޖޭގެ ޓީމުން ނިންމީ 3 މިނެޓު 33.86 ސިކުންތުންނެވެ. އެއް ވަނަ އަށް ދިޔަ މަޑަގަސްކަރަ ޓީމުން ރޭސް ނިންމީ 3 މިނެޓު 29.68 ސިކުންތުންނެވެ. ދެ ވަނައަށް ދިޔަ ރިިޔޫނިއަން އިން ރޭސް ނިންމީ 3 މިނެޓު 30.33 ސިކުންތުންނެވެ. ރާއްޖެ އިން ތިން ވަނަ ހޯދީ މޮރީޝަސް، މަޔޯޓް އަދި ސީޝެލްސް އާ ވާދަކޮށްގެންނެވެ.

މި މެޑަލް އަކީ މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި ރިލޭ އިން ހޯދި ތިން ވަނަ މެޑައްޔެވެ. މީގެ ކުރިން ރާއްޖޭގެ ފިރިހެން ރިލޭ ޓީމުން ވަނީ 2010 ވަނަ އަހަރު ޑާކާގައި އޮތް ސައުތު އޭޝިއަން ގޭމްސް އާއި 2019 ގައި މޮރީޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 4 ގުނަ 100 މީޓަރު ދުވުމުންވެސް ލޯ މެޑަލް ހޯދާފަ އެވެ. އެ ދެ ފަހަރު ވެސް މެޑަލް ހޯދި އެތުލީޓުންގެ ތެރޭގައި މި ފަހަރުގެ ޓީމްގައި ހިމެނުނު ހަސަން ސާއިދު ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު