Friday, 11 October 2024

ޔަހޫދީ ޖައްބާރު ސިފައިން ފަލަސްޠީނުގެ މުޖާހިދެއްގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ވެސްޓް ބޭންކުގައި ޔަހޫދީ ޖައްބާރު ސިފައިން އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދުކުރާ މުޖާހިދެއްގެ ބޮޑަށް ބަޑި ޖަހައި، ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނީ ޔަހޫދީންގެ ހަމަލަތަކުގައި ޝަހީދުކޮށްލާފައި ވަނީ 36 އަހަރުގެ ޢަބްދުއްރަޙީމް ފަޔާޒް ކަމަށާއި، ޔަހޫދީ ޓެރެރިސްޓު ސިފައިން އޭނާގެ ބޮލަށާއި ބުރަކަށްޓަށް ބަޑިޖަހާފައިވާ ކަމަށެވެ. ނަަމަވެސް، ޔަހޫދީން ބުނީ ޚަލީފާއަށް ހަމަލަދިނީ އޭނާ އިސްވެ ޔަހޫދީ ސިފައިންނަށް ހަމަލާދިނުމުން އެ ކަމުގެ ރައްދުގައި ކަމުގައެވެ.

ޢަބްދުއްރަޙީމް ޝަހީދުކޮށްލާފައިވަނީ ޔަހޫދީ ޓެރެރިސްޓު ސިފައިންނާއި ފަލަސްޠީނުގެ މުޖާހިދުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ މުޖާހިދު ޝަހީދުކޮށްލާފައިވާއިރު، އިއްޔެ ވަނީ، ޖޫރުއްސަލަމްގައި 14 އަހަރުގެ ޒުވާނެއްވެސް ޝަހީދުކޮށްލާފައެވެ.

ޔަހޫދީ އިސްރާޢީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން މި އަހަރުގެ މިހާތަނަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީން މީހުންގެ ޢަދަދު މިހާރު ވަނީ 225 އަށްވުރެ މައްޗަށް އަރާފައެވެ. އިޒުރޭލުގެ 32 މީހަކުވެސް ވަނީ އެކި ހަމަނުޖެހުންތަކުގައި މިހާތަަނަށް މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. ޖުލައި މަހުގެ ކުރީކޮޅު ޔަހޫދީ ސިފައިން ޖިނީން ރެފިއުޖީ ކޭމްޕުގައި ހިންގި އުދުވާންތަކެއްގައި ވެސް ފަލަސްޠީނުގެ 12 މީހުން ޝަހީދުކޮށްލިއެވެ. އަދި، އެ ކޭމްޕު ސުންނާފަތިކޮށްލިއެވެ.

ޔަހުދީ އިސްރާޢީލުގެ އިސްތިޢުމާރީ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހުޅަނގު އައްސޭރި އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު