އައިއޯއައިޖީ 2023: ޓީޓީން ޝައްފާން ތާރީޚީ ރިހި މެޑަލް ހޯދައިފި

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިސް ފިރިހެން ސިންގަލްސްއިން ރާއްޖޭގެ މުޙައްމަދު ޝައްފާން އިސްމާޢީލް ތާރީޚީ ރިހި މެޑަލް ހޯދައިފިއެވެ.

ފިރިހެން ޓީޓީ ފައިނަލުގައި މިއަދު ޝައްފާން ނުކުތީ މަޑަގަސްކަރައިގެ އެއްވަނަ ކުޅުންތެރިޔާ ނަޓީވެލް ޖޮނަތަންއާ ދެކޮޅަށެވެ. މެޗުގެ ފުރަތަމަ ތިން ސެޓި ޖޮނަތަން ގެންދިޔައީ 11-6، 11-8 އަދި 11-5 އިންނެވެ. އެ ތިން ސެޓު ޖޮނަތަން ގެންދިޔަ ނަމަވެސް، ދެން ޖެހިގެން އައި ދެ ސެޓުގައި ޝައްފާން ތަފާތު ދައްކައި އެ ދެސެޓު ގެންދިޔައެވެ.

ޝައްފާން ސެޓުތައް ގެންދިޔައީ 11-13 އަދި 9-11 އިންނެވެ. ޝައްފާންގެ ހިތްވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ ހަވަނަ ސެޓު ޖޮނަތަން ގެންގޮސް ރަން މެޑަލް އޭނާ ޔަގީންކުރިއެވެ. އެ ސެޓު ޖޮނަތަން ގެންދިޔައީ 11-6 އިންނެވެ.

މިއީ ރާއްޖޭގެ ޓީޓީ ތާރީހުގައިވެސް ފިރިހެން އެތުލީޓަކު އިންޑިވިޖުއަލް އިވެންޓަކުން ހޯދި ބައިނަލްއަގުވާމީ ފުރަތަމަ މެޑެއްޔެވެ. މި ފަހަރުގެ ކުރިން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައިވެސް އެންމެ ގިނަ ކާމިޔާބީތަކެއް ހޯދީ ޓީޓީންނެވެ. އެ ކާމިޔާބީއަށްވުރެވެސް ބޮޑު ކާމިޔާބީއެއް މިފަހަރު ޓީޓީން ވަނީ ހޯދައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ