ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" އަންނަ މަހު ބޭއްވުމަށް އުރީދޫއިން ނިންމައިފިއެވެ.
އުރީދޫއިން ބުނީ އެ ފެސްޓިވަލް އޮންނާނީ އޮކްޓޯބަރު މަހުގެ 19 އިން 21 އަށް ކަމަށެވެ.
އެ ފެސްޓިވަލް އޮންނާނީ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ކަމަށާއި، މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް އެކަށީގެންވާ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް އުރީދޫއިން ވިދާޅުވެއެވެ.
އެގޮތުން، އުރީދޫ ނޭޝަން ގޭމަރސް ލޭންޑް ގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ފައިނަލް މެޗް ތަކުގެ ގެ އިތުރުން ރޭސިން ސިމް، ފީފާ، ކޮސްޕްލޭ އަދި ޓެކަން ޓޯނަމެންޓް ހިމެނޭ ކަމަށް އުރީދޫއިން މަޢުލޫމާތު ެދެއްވައެވެ.
މި މުބާރާތުގައި ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމު އުރީދޫއިން ވަނީ ހުށައަޅާފައެވެ.
• 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)
• 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް
• 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް
• 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީވެސް އުރީދޫ ނޭޝަން – ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގައި ކަމަށް އުރީދޫއިން މަޢުލޫމާތު ދެއްވައެވެ.
އުރީދޫންއިން ވިދާޅުވީ، މި ގޭމިންގް ފެސްޓިވަލް ގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ބޭފުޅުންނަށްވެސް ވަނީ ދައުވަތު އަރުވާފައެވެ. އުރީދޫ ނޭޝަން – ގޭމާރސް ލޭންޑް އާއި ބެހޭ އިތުރު މައުލޫމާތް އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި ހިއްސާކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.


