Saturday, 13 April 2024

ނިރުބަވެރި ޔަހޫދީންގެ ޙަމަލާތަކުގައި، ޣައްޒާގެ 1،799 ރައްޔިތުން ޝަހީދުވެއްޖެ

ނިރުބަވެރި ޔަހޫދީންގެ ޙަމަލާތަކުގައި، ޣައްޒާގެ 1،799 ރައްޔިތުން ޝަހީދުވެއްޖެއެވެ.

ފަލަސްޠީނުެގ ސިއްހަތާ ބެހޭ ވުޒާރާއިން އެންމެ ފަހުން ބުނެފައި ވަނީ ޔަހޫދީންހެ ވައިގެ ހަމަލާތަކުގައި މިހާތަނަށް 1،799 މީހުން ޝަހީދުވެ، 6،388 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ހަމާސްގެ ހަމަލާއާ ގުޅިގެން މަރުވި ޔަހޫދީންގެ އަދަދު 1300 އަށް ވުރެ މައްޗަށް އަރާފައިވާއިރު، 3،400 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިން ޤަތުލުކޮށް ޔަހޫދީ އިސްރާޢީލުން އުފާކުރެއެވެ. ޔަހޫދީ އަސްކަރިއްޔާއިން ބުނެފައިވަނީ، ފާއިތުވި ހަ ދުވަހުގެ ތެރޭގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް 6,000 އަށްވުރެ ގިނަ ބޮން އަޅާފައިވާނެ ކަމުގައެވެ.

gaza

އަނިޔާވެރި ޖައްބާރު ޔަހޫދީންގެ ބޮންތަކާއި މިސައިލް ހަމަލަތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ނިކަމެތި ރައްޔިތުން ދިރިއުޅޭ ގެދޮރަށާއި، އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅޭ ޢިމާރާތްތަކަށާއި، އަދި, ހޮސްޕިޓަލްތަކާއި ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށެވެ. އެމްބިޔުލާންސްތަކަށް ވެސް ރައްކަލެއް ނެތެވެ. އިސްރާޢީލުން އެންމެ ފަހުން ދިން ހަމަލަތަކުގައި އެމްބިޔުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ހަތަރު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ޙަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *