ޣައްޒާ ވަނީ އިންސާނީ ކާރިސާއެއްގައި؛ ފަލަސްޠީނުގެ 3000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެއްޖެ

ޣައްޒާއަށް އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާއިރު، މިހާތަނަށް ފަލަސްޠީނުގެ 3000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ޙާލަތު ވަރަށް ނުރައްކާތެރި ދަރަޖައަކަށް ވެއްޓިފައިފައެވެ. މިޙާލަތު ޚިޔާލަށްވެސް ނުގެނެވޭހާވެސް ނުރައްކާތެރިއެވެ.

ރިޕޯޓްތައް ބުނާގޮތުން، 420،000 އަށްވުރެ ގިނަ މީހުން އެހީދޭ ސެންޓަރުތަކަށް އެހީތެރިކަމަށް އެދި ގޮސްފައިވެއެވެ، އެހެންނަމަވެސް އެހީގެ ގޮތުގައި ފޯރުކޮށްދޭނެ ތަކެތި ހުސްވެ، ތަކެތި ފޯރުކޮށްދެވޭނެ ގޮތެއް ނެތެވެ. ވަރަށް އަވަހަށް މިޙާލަތުން މީހުން ސަލާމަތް ކުރެވޭނެ އަމާން ގޮތެއް ނުފެނިއްޖެނަމަ ޙާލަތު މިއަށްވުރެވެސް ނުރައްކާތެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާއަށް ދޫކުރަމުންދިޔަ ކަރަންޓާއި ފެންފަދަ ޒަރޫރީ ޚިދްމަތްތައް ކަނޑާލުމުގެ ސަބަބުން އެތައް މައްސަލަތަކެއް ދަނީ މިހާރު ދަނީ ކުރިމަތިވަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލަށް ހަމާސް ޖަމާއަތުން ދިން ކުއްލި ޙަމަލާގައި، އިޒްރޭލުގެ 1500 އަށްވުރެން ގިނަ މީހުންވަނީ މަރާލައި، 200 އެއްހައި އިޒްރޭލު ރައްޔިތު ރަހީނު ކޮށްފައެވެ. ދެފަރާތުން ބަދަލުކުރަމުން އަންނަ ޙަމަލާތަކުގައި، އިޒްރޭލުގެ ބައެއް ރައްޔިތުންނަށް ހާނީއްކަވަމުން ދާއިރު، އިޒްރޭލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ޙަމަލާތަކުގައި، މިހާތަނަށް ފަލަސްޠީނުގެ 3000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ، ޣައްޒާގެ 500 އަށްވުރެން ގިނަ ގެދޮރު ބިމާހަމަވެފައިވެއެވެ. އަދި 150،000 އަށް ވުރެ ގިނަ ރައްޔިތުން މަގުމަތިވެ، 14،000 އަށްވުރެ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު